ހަގީޤީ ހާދިސާ: އަންހެން ދަރިފުޅާ ފިރިހެން ދަރިފުޅު

 

އެމެރިކާގައި ދެ އަންހެނަކު އެއްފަހަރާ ވިހެއެވެ. އެކަކު ވިހެއީ އަންހެން ކުއްޖެކެވެ. އަނެކަކު ފިރިހެން ކުއްޖެކެވެ. ނަރުސް ކުދިންނަށް އޮޅިގެން ފިރިހެން ކުއްޖާގެ މަންމަ އަކީ ކޮބައި ކަމާއި އަންހެން ކުއްޖާގެ މަންމައަކީ  ކޮބައިކަން ވަނީ އޮޅިފައެވެ. އެހެންކަމުން ޑީއެންއޭ ހެދިއެވެ.

ނަމަވެސް ޑީއެންއޭގެ ނަތީޖާ ދެއްކިގޮތުން ހުރިހާ ކަމެއްވެސް ހުރީ ވަރަށް އެއްވައްތަރުކޮށެވެ. އެހެންކަމުން މި މައްސަލައިގެ ހައްލެއް ނުހޯދުނެވެ.ކޮންމެ އަންހެނަކުވެސް ބުނަމުން ގެންދިޔައީ އޭނާ ވިހެއީ ފިރިހެން ކުއްޖާ ކަމަށެވެ. އެހެންކަމުން މި މައްސަލަ ހައްލު ކުރުން ވެގެން ދިޔައީ ޑޮކްޓަރުންނަށް ބޮޑުކަމަކަށެވެ.

ހޮސްޕިޓަލުގެ ވެރިންނަށް މި ހަބަރު ލިބުމާއެކު ސަައުދީ އަރަބިއާގައި ތިއްބެވި ބައެއް ބޭފުޅުންނާ ގުޅުއްވާ މި މައްސަލާގައި ވާހަކަ ދެއްކެވިއެވެ. އެމެރިކާގެ ބޭފުޅުން ވިދާޅުވިއެވެ. “ކަލޭމެން އަބަދުވެސް ކުރާ ދައުވާއަކީ ކަލޭމެންގެ ދީނުގައި ހުރިހާ ކަމެއްގެ ވެސް ހައްލު ލިބެން ހުންނާނެ ކަމަށް.” ސައުދީގެ ބޭފޫޅުން ވިދާޅުވިއެވެ. އާދޭހެވެ، އަހަރެމެންގެ ދީނުގައި ހައްލު ހައްލު ނެތް އެއްވެސް މައްސަލައެއް ނޯންނާނެއެވެ. ދެން މި ވެގެން އުޅޭގޮތް އެމެރިކާގެ ބޭފުޅުން ކިޔައިދެއްވިއެވެ.

އެހިނދު ސައުދީގެ ބޭފުޅުން ވިދާޅުވިއެވެ. ” ތިޔަކަމުގެ ހައްލު ވަރަށް ފަސޭހައެވެ. ދެ އަންހެނުންގެ ކިރު ނަގާފައި ތަހުލީލު ކުރާށެވެ. އޭގެ ތެރެއިން ކާނާގެ ބާވަތް ގިނަވާނީ ފިރިހެން ކުއްޖާގެ މަންމަގެ ކިރުގައެވެ. ކާނާގެ ބާވަތް މަދުވާނީ އަންހެން ކުއްޖާގެ މަންމަގެ ކިރުގައެވެ.” ދެން އެމެރިކާގެ ޑޮކްޓަރުން މިގޮތަށް ކަންތައް ކުރުމުން ހަގީގަތުގައިވެސް ސައުދީގެ ބޭފުޅުން އެވިދާޅުވީ ތެދެއްކަން ސާފުވެގެން ދިޔައެވެ.

މާތްﷲގެ ވަހީބަސްފުޅުގެ މާނާގައިވެއެވެ. “އަންހެން ދެދަރިންގެ ބަޔާ އެއްފަދަ ބައެއް ފިރިހެން ދަރިޔަކަށްވެއެވެ.”

މިއީ ޑރ މުހައްމަދު އިޔާޟް އަބްދުއްލަތީފްގެ ފޭސްބުކް ޕޭޖްގައި ކިޔައިދެއްވާފަވާ ވާހަކައެކެވެ.

 

 

1 ޚިޔާލު
ކިޔުންތެރިންގެ ޚިޔާލު

  1. human mothers produce milk with 2.8% fat for sons and 1.74% for daughters. In extremely impoverished locations where infant mortality is high, the fat content is higher for girls

    Dhebaiy eh noon ingeytho. Show some research

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!