ރާއްޖޭގެ ޚަބަރު

މިއަހަރުގެ އެންމެ އަލިގަދަ ތަރިއަކަށް އަލް ޤާރީ މުޙައްމަދު އިސްމާއިލް

ޕަބްލިކް ސަރވިސް މިޑިއާއިން މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށް ގެންދާ ދިވެހިރާއްޖޭގެ އެންމެ އަލިގަދަ ތަރި ޕްރޮގްރާމުން އެއްވަނަ ފ ނިލަންދޫ ގްރީން ހެވަން މުހައްމަދު އިސްމާއިލް ހޯދައިފިއެވެ.

އެއްވަނަ އަށް ދާފަރާތަކަށް 500،000 ގެ ފައިސާގެ އިނާމު ކަނޑައަޅާފައިވާ މުމުބާރާތުގެ އެއްވަނައަށް ދިޔަ މުހައްމަދު އިސްމާއިލްއަށް ފައިސާގެ އިނާމާއި ޓްރޮފީ ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އަދި ރޭގެ ޕްރޮގްރާމްގެ ޝަރަފުވެރި މެހެމާން ފާތުމަތު އިބްރާހިމްއެވެ.

މިއަހަރުގެ އެންމެ އަލިގަދަ ތަރީގެ މުބާރާތުގެ ދެ ވަނަ ހޯދީ ކ. މާލެ، ގ. ޖޫލިއަޓްގެ، ފާތުމަތު މަލްދާ މުހައްމަދެވެ. ތިން ވަނަ ހޯދީ ރ. ހުޅުދުއްފާރު، ނަސީމީގޭ ނަސްރަތު އިސްމާއިލެވެ.

މިއީ 2013 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ ރަމަޟާންމަހު ޕީއެސްއެމްއިން ކުރިއަށް ގެންދާ މުބާރާތެކެވެ.

ގުޅުންހުރި

1 ޚިޔާލު

  1. congrats mohamed ismaeel as wellas maldha and nasrath

Your email address will not be published. Required fields are marked *