ފެޝަން ފްރުޓް މޮހީޓޯ

ބޭނުންވާނެ ތަކެތި

4 ކުދީނާ ފަތް
1/2 ލުނބޯ
1 ފެޝަން ފްރުޓްގެ އޮށް
350 އެމްއެލްގެ ސްޕްރައިޓް
1/4 ތަށީގެ ރާޅުކޮށް މުގުރާފަހުރި އައިސް

ތައްޔާރުކުރާނެ ގޮތް: ލުނބޯ ތުނިކޮށް ފޮތި ފޮއްޗަށް ކޮށާލާށެވެ. އެއަށް ފަހުގައި ތައްޓަކަށް ފޮތިކުރި ލުނބޯ، ކުދީނާ ފަތް އަދި ފެޝަން ފްރުޓްގެ އޮށް އަޅާ އަތްމަތީ ވަނެއްގެ މޮޔަކުން ނުވަތަ އެފަދަ އެއްޗަކުން ރަނގަޅަށް ލުނބޯގެ ދިޔަ ނިކުންނަންދެން ޗިސް ކޮށްލާށެވެ. އެއަށްފަހު އެއިގެ ތެރެއަށް އައސް އެޅުމަށްފަހު ސްޕްރައިޓް އަޅާށެވެ.

މިބުއިން މީރުވާނީ ވީހާވެސް ފިނިކޮށް ބުއިމުންނެވެ.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!