ގެރި ހިމާޔަތްކުރުމަށްބުނެ މަރާލީ %86 މީހުންނަކީ މުސްލިމުން

އިންޑިޔާގެ ހައްދު ފަހަނަ އަޅާފައިވާ ހިންދޫން 2010 ވަނަ އަހަރުން ފެށިގެން ގެރި ހިމާޔަތްކުރުުމުގެ ނަމުގައި މަރާލާފައިވާ މީހުންގެ %86 އިންސައްތަ މީހުންނަކީ މުސްލިމުން ކަމުގައި ދިރާސާއަކުން ދައްކައިފިއެވެ.

މިކަމާއި ގުޅޭގޮތުން އިންޑިއާ ސްޕެންޑުން ހާމަކޮށްފައިވާ ދިރާސާއެއްގައި ބުނާ ގޮތުން 2010 ވަނަ އަހަރުން ފެށިގެން 2017 ވަނަ އަހަރުގެ މިހާތަނަށް ގެރި ހިމާޔަތްކުރުމުގެ ނަމުގައި ހައްދުފަހަނަ އަޅާފައިވާ ހިންދޫން ހިންގި ޖަރީމާތަކުގައި 28 މީހަކު އިންޑިޔާއިން މަރާލާފައިވާ ކަމަށާއި އެއިގެ ތެރެއިން 24 މީހުންނަކީ މުސްލިމުންނެވެ.

މިދިރާސާގައިވާ ގޮތުން ވޭތުވެދިޔަ ހަތް އަހަރުތެރޭގައި މިފަދަ 63 މައްސަަލައެއް ރިޕޯޓުކޮށްފައިވާ ކަމަށާއި އެއިގެ ތެރެއިން 20 މައްސަލަ ހުށަހަޅާފައިވަނީ 2017 ވަނަ އަހަރުގެ ފުރަތަމަ ހަމަސްދުވަހުއެވެ.

ހިންދޫ ހަުކަށި ޚިޔާލުތަކަށް ތާއީދުކުރާ ނަރެންދުރަ މޯދި އިންޑިޔާގެ ބޮޑުވަޒީރުކަމާއި 2014 ވަނަ އަހަރުގެ މެއި މަހު ހަވާލުވުމާއެކު މިފަދަ މައްސަލަތައް ރިޕޯޓުކުރެވުންވަނީ އިތުރުވެފައެވެ. އެގޮތުން %97 މައްސަލަ ހުށަހަޅާފައިވަނީ މޯދީގެ ބޮޑުވަޒީރުކަމާއި ހަވާލުވުމަށްފަހުގައެވެ.

 

ވަކިވަކި ސްޓޭޓްތަކަށް ބަލާއިރު އެންމެ ގިނަ މައްސަލަތައް ހުށަހަޅާފައިވަނީވެސް މޯދީ ނިސްބަތްވާ ހިންދޫ ހައްދުފަހަނައެޅި ހަރުކަށިފިކުރުގެ ޕާޓީ، ބީޖޭޕީ ވެރިކަން ކުރަމުން ގެންދާ ސްޓޭޓްތަކުގައެވެ. އެގޮތުން 63 މައްސަލައިގެ ތެރެއިން 32 މައްސަލަ އެއް ބީޖޭޕީ ވެރިކަންކުރާ ސްޓޭޓްތަކަށް ހުށަހަޅާފައިވާއެވެ.

މިފަދަ އެންމެ ގިނަ ހަމަނުޖެހުންތައް ހިނގާފައިވަނީ އުއްތަރަ ޕްރަދޭޝްގައެވެ. އެއަވަށުގައި މިފަދަ 10 ހަމަނުޖެހުމެއް ހިނގާފައިވާ އިރު، ހަރްޔާނާގައި މިފަދަ 9 ހަމަނުޖެހުމެއް ހިނގާފައިވެއެވެ. އަދި ގުޖުރާތާއި ކަރްނާޓަކާގައި ކޮންމެ ތަނެއްގައި 6 ގެރި ހިމާޔަތްކުރުމުގެ ނަމުގައި ހިންދޫން މިފަދަ 6 ހަމަނުޖެހުމެއް ހިންގިއެވެ.

ފާހަގަކޮށްލެވޭ ކަމަކީ އިންޑިޔާގެ ހާލަތު މިހާ ދަށުދަރަޖައަކަށް ވެއްޓިގެންދާއިރުވެސް، ބޮޑުވަޒީރު މޯދީ މިކަމާއި ކަންބޮޑުވެ ވާހަކަދައްކާފަނުވާ ކަމެވެ. އަދި މީގެ ތެރެއިން ގިނަ ޖަރީމާތަކަކީ އެއްވެސް ހެއްކެއްނެތި ތޯތޯގެ މައްޗަށް ބިނާކޮށް މުސްލިމުންނާއި ދެކޮޅަށް ހިންދޫން ހިންގާފައިވާ ޖަރީމާތަކެވެ.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!