ޤުރުއާނާއި ބެހޭ މަރުކަޒުގެ ކޯސްތަކަށް ކުރިމަތިލުމުގެ މުއްދަތު މާދަމާ ހަމަވަނީ

  • ފޮޓޯ / ވީއެފްޕީ

ކީރިތި ޤުރުއާނާއި ބެހޭ މަރުކަޒުން މިއަހަރުގެ ދެވަނަ ސެމިސްޓަރގައި ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކަށް ކުރިމަތިލުމުގެ މުއްދަތު މާދަމާއަށް ހަމަވާނެއެވެ.

2017 ވަނަ އަހަރުގެ ދެވަނަ ސެމިސްޓަރ އެމަރުކަޒުން ހަތަރު ކޯހެއް ފެށުމަށްވަނީ ހަމަޖެހިފައެވެ. އެއީ ޤިރާއަތު ސެޓްފިކެޓް 1،2،3 އަދި ޤާރީކަމުގެ އެޑްވާންސް ސެޓްފިކެޓް ކޯހެވެ.

މިކޯސްތަކުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން ފޯމު ފުރުމަށްފަހު ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓް ތަކުގެ (އެކްރެޑިޓް ކުރެވިފައިވާ) ކޮޕީއާއެކު މާދަމާގެ 13:30 ގެކުރިން އެމަރުކަޒަށް ފޯމު ހުށަހަޅަން ޖެހެއެވެ.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!