އަލިގަދަ ތަރި ބައިވެރިންގެ އަދަދު ހަތަކަށް

ޕީއެސްއެމްގެ ޓީވީއެމްއިން ކުރިއަށް ގެންދާ ދިވެހިރާއްޖޭގެ އެންމެ އަލިގަދަ ތަރި ޕްރޮގްރާމްގެ ގަދަ 7 ބައިވެރިން ކަނޑައަޅައިފިއެވެ.

ގަދަ 7 ބައިވެރިން ކަނޑައަޅާފައިވަނީ ރޭ ގެނެސްދިން ޕްރޮގްރާމްގައެވެ. ރޭގެ ޕްރޮގްރާމްގައިވަނީ އެއް ބައިވެރިއަކު މުބާރާތާއި ވަކިވެފައެވެ. މުބާރާތާއި ވަކިވާންޖެހުނީ ފާޠިމަތު މާޒިޔާ، ހެޕީ ށ.މިލަންދޫއެވެ.

ރޭގެ ޕްރޮގްރާމްގައި ބައިވެރިންނަށް 2 ޓާސްކެއް ހަވާލު ކުރެވުނެވެ. ފުރަތަމަ ޓާސްކަކަށް ހަވާލުކުރެވުނީ ބައިވެރިން އިޚުތިޔާރުކުރާ އަވަސް ރާގަކަށް އިހުތިޔާރު ކުރާ ތަނަކުން ބަލައިގެން ކިޔެވުމެވެ. 2 ވަނަ ޓާސްކަކަށް ކުރިއަށް ތަޖުވީދުގެ ހަމަތަކާ ބެހޭތުން ބައިވެރިންނާ ކުރެވުނު ސުވާލަކަށް ޖަވާބު ދިނުމެވެ.

މުބާރާތުގެ ޕްރޮގްރާމެއް ދެން އޮންނާނީ އަންނަ ހުކުރު ދުވަހުގެ ރޭ 21:30 ގައެވެ.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!