ޤިޔާމަތްދުވަހުގެ ވާހަކަތައް ޝައިޚް އަލީ ޒައިދާއެކު ކުޑަހުވަދޫގައި

ހިތްތަކަށް ބިރުވެރިކަން ގެނެސްދޭ ޤިޔާމަތްދުވަހުގެ ނަމުގައި އައްޝައިޚް އަލީ ޒައިދުގެ ދަރުސްތަކެއް ދ ކުޑަހުވަދޫގައި ކުރިއަށް އެބަގެންދެއެވެ.

ދަރުސްތައް އިންތިޒާމްކުރާ ކުޑަހުވަދޫ ޔުނައިޓެޑް އިސްލާމިކް ސޮސައިޓީއިން ދިއިސްލާމަށް މައުލޫމާތު ދެއްވި އޮފިޝަލަކު ވިދާޅުވީ މިދަރުސްތައް ކުރިއަށްދާނީ މިމަހުގެ 13 ން 15 އަށް ކަމަށެވެ.

އޮފިޝަލް އިތުރަށް ވިދާޅުވީ ކުޑަހުވަދޫ ހުކުރު މިސްކިތުގައި ކުރިއަށްދާ މިދަރުސްތައް ފެށޭނީ އަޞުރު ނަމާދުގެ ފަހުގައި ކަމަށާއި މިދަރުސްތައް އެޖަމިއްޔާގެ ފޭސްބުކް ޕޭޖްއިން ލައިވް ކުރަމުންގެންދާނެ ކަމަށެވެ.

“>

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!