ފޭސްބުކްގައި މުރުތައްދުވެ، ރަސޫލާއަށް ފުރައްސާރަކުރި މީހަކަށް މަރުގެ ހުކުމް އިއްވައިފި

ފޭސްބުކްގައި މުރުތައްދުވެ، ކީރިތި ރަސޫލާއަށް ފުރައްސާރަ ކުރުމުގެ ކުށް ސާބިތުވި މީހަކަށް މަރުގެ އަދަބު ދިނުމަށް ޕާކިސްތާނުގެ ކޯޓަކުން ހުކުމްކޮށްފި އެވެ.

މުރުތައްދުވެ ރަސޫލާއަށް ފުރައްސާރަކުރި ކަމުގެ ކުށް ސާބިތުވެ މަރުގެ އަދަބު ދިނުމަށް ހުކުމްކޮށްފައިވަނީ އުމުރުން 30 އަހަރުގެ ތައިމޫރު ރިޒާއެވެ. އޭނާގެ މައްޗަށް ދައުވާކުރި ޕްރޮސެކިއުޓަރ ބުނެފައިވަނީ ރިޒާވަނީ ކީރިތި ރަސޫލާއަށާއި އެކަލޭގެފާނުގެ އަނބިއަނބިކަނބަލުންނަށް އިހާނާތްތެރިވާ އެތައް އިބާރާތެއް ބޭނުންކޮށްގެން އެތަށް ފަހަރަކު ސޯޝަލް މީޑިއާގައި އެކިއެކި ލިޔުންތައް ލިޔެފައި ކަމަށާއި އަދި ބައެއް ސަޙާބީންނާއި ކީރިތި ރަސޫލާގެ އަނބިއަނބިކަނބަލުންނާ ގުޅުވައިގެން ވެސް ހަޑިހުތުރު ބަސްތައް ބޭނުންކޮށް ލިޔުންތައް ލިޔެފައިވާ ކަމަށް އޭނާ އިޢްތިރާފްވާ ކަމަށެވެ.

މުރްތައްދުވުމަކީ ޕާކިސްތާނުގެ ގާނޫނުގައި މަރުގެ އަބަދު ދެވޭ ކުށެކެވެ. އަދި މިއީ ފޭސް ބުކްގައި މުރްތައްދުވިކަމަށް އެއްބަސްވެ ކީރިތި ރަސޫލާއަށް ފުރައްސާރަ ކުރުމުގެ ކުށާ ގުޅިގެން މަރުގެ އަދަބު ދިނުމަށް ޕާކިސްތާނުގެ ކޯޓަކުން ހުކުމްކުރި ފުރަތަމަ ފަހަރެވެ.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!