މަތިންދާ ބޯޓުން ދަތުރުކުރާ މީހުންނަށް ދަތުރުމަތީގައި ރޯދަ ދޫކޮލެވިދާނެހެއްޔެވެ؟

ސުވާލު: މަތިންދާ ބޯޓުން ދަތުރުކުރާ މީހާއަކީ އުނދަގުލަކާ ކުރިމަތިވުމެއް ނެތި ދަތުރުކުރާ މީހެކެވެ. މިފަދަ މީހުންނަށް ދަތުރުމަތީގައި ރޯދަ ދޫކޮލެވިދާނެހެއްޔެވެ؟

ޖަވާބު: އެދަތުރަކީ ހުއްދަ ދަތުރެއްނަމަ ޝަރުޢީ ގޮތުން އޭނާ އަށް ރޯދަ ދޫކޮށްލުން ހުއްދަވެގެންވެއެވެ. އެކަން އޮތީ އޭނާގެ އަމިއްލަ އިޚްތިޔާރުގައެވެ. މަތިންދާ ބޯޓެއްގައިވިޔަސް، ކަނޑު ބޯޓެއްގައިވިޔަސް، އެއްގަމު ދުއްވާ އެއްޗެއްގައި ވިޔަސް، ޖަމަލެއްގައި ވިޔަސް މިކަމުގެ ޙުކުމަކީ އެއް ޙުކުމެކެވެ. ރޯދަ ދޫކޮށްލުމަކީ ދަތުރުވެރިޔާ އަށް ދެއްވާފައިވާ ލުއިފަސޭހަ ކަމެކެވެ. އެ ލުއި ފަސޭހަ ކަމުގައި ހިފުމަކީ އޭނާގެ އިޚްތިޔާރުގައިވާ ކަމެކެވެ. އޭނާ ރޯދަ ދޫކޮށްލި ނަމަ، ފަހުން އެ ރޯދަ ޤަޟާކުރުން ވާޖިބެވެ.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!