ރޯދައަށް ތިބެ ދެމަފިރިން ބެއްދުމަކީ ކޮންކަހަލަ ކަމެއްތޯ؟

ސުވާލު: ރޯދައަށް ތިބެ ދެމަފިރިން ބެއްދުމަކީ ކޮންކަހަލަ ކަމެއްތޯ؟ ރޭގަނޑު ޖިމާއުވެފައި ފަތިސްނަމާދަށް ގޮވިއިރު ހިނައި ނުގަނެ ހުރުމުން އެދުވަހުގެ ރޯދަ ރަނގަޅުވާނެތަ؟
ޖަވާބު:
الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:

ރޯދައަށް ހުންނައިރު ކާބޯތަކެއްޗާއި ދުރުހެލިވާފަދައިން ޖިންސީ އަރާމާއި އުފާތަކާވެސް ދުރުލިވެ، ރައްކާތެރިވެ ތިބުމަކީ ވާޖިބު ކަމެކެވެ. ދެމަފިރިން އެކަކު އަނެކަކުގެ ޖިންސީ ގުނަވަނުގައި އަތްލައި ބީހުމަކީ ރޯދަ ގެއްލޭކަމެއް ނޫނެވެ. ރޯދަ ގެއްލޭނީ އެފަދަ ކަމެއްގެ ސަބަބުން މަނި ބޭރުވެއްޖެ ނަމައެވެ. ނުވަތަ ޖިމާޢު ވުމުންނެވެ. އަދި އެއިންކަމެއް މެދުވެރިވެދާނެކަމުގެ ބިރު އޮވެއްޖެ ނަމަ އެފަދަ ކަންތައްތައް ހުއްދައެއް ނުވާނެއެވެ. ނަމަވެސް ރޯދަ ގެއްލުވައިލުމުގެ ގަސްތަކާއި ނުލައި އެފަދަ ކަމެއްގެ ސަބަބުން ނުވަތަ ދެމަފިރިން ގައިގޯޅިވެ ހެދުމުގެ ސަބަބުން މަނިބޭރުވެއްޖެ ނަމަ، ތައުބާވެ، އެރޯދަ ޤަޟާކުރަން ޖެހޭނެއެވެ. އެހެން ކަމެއް ކުރާކަށް ނުޖެހޭނެއެވެ

ރޯދަމަހު ރޭގަނޑު ޖިމާޢުވެފައި، ފަތިސްނަމާދަށް ގޮވާއިރު ހިނައިނުގަނެ ހުރިނަމަވެސް ރޯދަ ޞައްޙަވާނެއެވެ. والله أعلم،.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!