ތުރުކީން ސޯމާލިއާއަށް 15000 ޓަނުގެ އެހީ ފޮނުވަނީ

ހަނަފަސްކަމުގެ ސަބަބުން ބަނޑުހައިހޫނުކަން ތަހައްމަލު ކުރަމުންދާ ސޯމާލިއާގެ ރައްޔިތުންނަށް ތުރުކީވިލާތުން 15000 ޓަނުގެ އެހީގެ ތަކެތި ފޮނުވައިފިއެވެ.

ތުރުކީގެ ރެޑް ކްރެސެންޓް ޖަމިއްޔާއިން ހާމަކޮށްފައިވާ ގޮތުގައި އެހީގެ ތަކެތި ހިފައިގެން ދަތުރުކުރާ ބޯޓު ބުދަ ދުވަހު ފުރާފައިވާ ކަމަށާއި ޖޫންމަހުގެ 18 ނުވަތަ 19 ވަނަދުވަހު ސޯމާލިއާއަށް އެހީގެތަކެތި ފޯރާވަރު ވާނެކަމަށް އެޖަމިއްޔާއިން ހާމަކުރެއެވެ.

އެހީގެ ގޮތުގައި މިފަހަރު ތުރުކީއިން ފޮނުވާފައިވަނީ 8.6 ޓަނުގެ ފުށާއި 3.1 ޓަނުގެ ހަކުރުގެ އިތުރުން ކެއުމަށް ބޭނުންކުރާ އެހެނިހެން ބާވަތްތަކުގެ އިތުރުން ބޭހުގެ ބާވަތްތަކެވެ.

ހަނަފަސްކަމުގެ ސަބަބުން ހަމިލިއަނަށްވުރެ ގިނަ މީހުން ސޯމާލިއާގައި ކާބޯތަކެއްޗަށް ޖެހިފައިވާއިރު، ސާފު ބޯފެން ނުލިބި، ފެތުރެމުންދާ ކޮލެރާގެ ސަބަބުން 600 އަށްވުރެ ގިނަމީހުން މިއަހަރުތެރޭގައި ސޯމާލިއާއިން މަރުވެފައިވާ ކަމަށް ދުނިޔޭގެ ސިއްޚަތު ޖަމިއްޔާއިން ހާމަކުރެއެވެ.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!