އެތީސްޓުންގެ ކާބަފައިންނަކީ ރާމާމަކުނު!

ކަލަކު ވޮޑިގެންނުވާކަމަށާއި ޤިޔާމަތާއި ސުވަރުގެ އަދި ނަރަކައަކީވެސް ޚިޔާލީފޮލާކަމުގައި ބުނެ ދަޢުވާކުރާ އެތީސްޓުންނަކީ އެމީހުންނަށް ދެއްކޭނުދެއްކޭ ވާހަކައެއް އަދި ދެއްކެނީ ކިހާވަރެއްގެ ވާހަކައެއްކަންވެސް ނޭނގޭ ބައެއްކަން ކަށަވަރެވެ. ކީރިތި ޤުރުއާނުގައި އަންގަވާފައިވާ ހަމަތަކުގެމަތިން މައިންބަފައިން އެމީހުންގެ ދަރިން ތަރުބިއްޔަތު ނުކުރުމުގެ ނަތީޖާއެއްގެގޮތުން މިރާއްޖޭގައިވެސް މިފަދަ އެތީސްޓުން ދަނީ އުފެދެމުންނެވެ. އަދި އެމީހުންގެ ފާސިދު ވާހަަކަތަކުގެ ޝިކާރައަކަށް މައުޞޫމް ޒުވާނުންދަނީ ހަދަމުންނެވެ.

މިބައިމީހުންގެ ވާހަކަތަކުގެ މައިގަނޑު އަސާސަކީ އިނގިރޭސި ދޮގުވެރި “ޝައިޠާނެއް” ކަމަށްވާ ޗާލްސް ޑާވިން 1859 ވަނަ އަހަރު ލިޔުނު “އޮން ދަ އޮރިޖިންގ އޮފް ދަ ސްޕީޝަސް” މިފޮތެވެ. ޚާއްޞަކޮށް މީގައި ބަޔާންކޮށްފައިވާ ސައެންސްގެ ދަލީލުތަކެއްކަމަށް ބުނާ “އިވޮލިއުޝަން ފަލްސަފާ” އެވެ. މީގެ މައިގަނޑު ޚުލާސާއަކީ ކަލަކު ވޮޑިގެންނުވާކަމާއި ދުނިޔެ އުފެދިފައިވަނީ އިއްތިފާޤަކުންކަމެވެ. މި ދުނިޔެއާއި ދުނިޔޭގައިވާ  ދިރުންތަަކަކީ ހަމަކުއްލިއަަކަށް ހިނގިކަމަކުން އުފެދުނު އެއްޗެހިތަކެއްކަމެވެ.

މިއަށްވުރެ އަންތަރީސްވާންޖެހޭ ކަމަކީ އިންސާނުން އުފެދުނުގޮތްކަމަށް މި ޝައިޠާނާ ބަޔާންކުރާގޮތެވެ. އޭނާގެ ފަލްސަފާ ބުނާގޮތުން އިންސާނުން އުފެދުނީ ރާމާމަކުނުންނެވެ. މާކުރިން އެތައް ޒަމާނެއްގެ ކުރިން އުޅުނު މަކުނުތަކަށް އަންނަންފެށި ބަދަލުތަކެއްގައި އޭގެ ސިފައާއި ބައްޓަމާއި ހަށިގަނޑުގެ ގުނަވަންތައް ބަދަލުވަމުންގޮސް މަޑުމަޑުން އިންސާނެއްގެ ސިފަޖެހި އިންސާނުން އުފެދުނީއެވެ. ކުޑަކުދިން ބިރުގަންނަވަންވެގެން ހަދަހަދައިގެން ކިޔައިއުޅޭ ވާހަކަތަކަށްވުރެވެސް މި ވާހަކައިގެ ސޭކުކަން އިންތިހާއަށްބޮޑެވެ.

ހުރިހާ އިންސާނުންގެ ބައްޕައަކީ އާދަމް ޢަލައިހިއްސަލާމެވެ. ވީމާ، އިންސާނުންގެ ބައްޕައަކީ ހަަމަ އިންސާނެއްކަމަށް މުސްލިމުން އީމާންވަމުއެވެ. މިހެންކަމުން އަހަރުމެންގެ ކާބައިންގެ ދަރިފަސްކޮޅު ގުޅެމުންގުޅެމުންގޮސް ނިމޭނީ އެމާތް ބައްޕަ އާދަމް ޢަލައިހިއްސަލާމާ ހަމައިންނެވެ. ނަމަވެސް އިންސާނުން އައިސްފައިވަނީ ރާމާމަކުނުންކަމަށް ބުނާ އެތީސްޓުން ހަޤީގަތުގައި އެ ބުނަނީ އެމީހުންގެ ކާބަފައިންނަކީ ރާމާމަކުނުކަމަށެވެ. ރާމާމަކުނު މިހާރުވެސް އެބައުޅޭނޫންތޯއެވެ؟ ވީއިރު، އެއްބައި މަކުނުތައް އިންސާނުންނަށް ބަދަލުވެފައި ދެންތިބި މަކުނުތައް އިންސާނުންނަށް ނުވީ ކީއްވެބާއެވެ؟ ނުވަތަ ހަށިގަނޑުގެ އެއްބައި އިންސާނަކަށްވެފައިވާ އަދި އަނެއްބައި މަކުނުފަދައިންވާ އެއްޗެހި މިހާރުވެސް ނެތީ ކީއްވެހެއްތެވެ؟ ނުވަތަ މަކުނުގެ ހުންނަފަދަ ނަގުލަކާއި ކެހެރި އިންސާނުންގެ ނުހުންނަނީ ކީއްވެބާއެވެ؟ ނުވަތަ މިއީ ހަމަ ކުއްލިއަަކަށް އިއްތިފާގަކުން ހިނގިކަމެއްނަމަ މިއަދު އިންސާނުން ކުއްލިއަކަށް ނުވަތަ ދޭތެރެދޭތެރެއިންނަމަވެސް މަކުނު ނުވިހަނީ ކީއްވެބާއެވެ؟ މިބަހުގެ މުރާދަކީ، އިންސާނެއްގެ ރަހިމެއްގައި ރާމާމަކުނެއް ގަރުބަނުގަންނަނީ ކީއްވެގެންހެއްޔެވެ؟ އަދި އިންސާނުންނަކީ މަކުނުން ވާރުތަވެގެން އައި ބަޔަކުނަމަ އިންސާނުންގެ ކާބަފައިންކަމުގައިވާ މަކުނުތައް ޖަންގަލީގައި އުޅޭނެގޮތަކަށް އުޅެން ދޫކޮށް ވާރެއާއި އަވީގައި “އަޞްލު ކާބަފައިން” އެހާ ދަށު ދަރަޖައަކަށް ގެންގުޅެނީ ކީއްވެހެއްޔެވެ؟ އަދި އެ މަކުނުތަކުގެ މާތްކަމަށްޓަކާ އެއްޗިއްސާއި ކާވެނިކޮށް ދަރިން ހޯދަން ނޫޅެނީ ކީއްވެހެއްޔެވެ؟ އަދި އިންސާނުންގެ ފިރިހެނަކާއި އަންހެން މަކުނަކާއި ކާވެނިކޮށްގެން ހަމަ އިންސާނަކު ނުވަތަ މަކުނެއް، އެބުނާ މޮޅު ސައެންސުން އީޖާދު ނުވެގެން އުޅެނީ ކީއްވެހެއްޔެވެ؟

މިހުރިހާ ސުވާލެއްގެ ޖަވާބުވެސް ވަރަށް ސާފެވެ. އެތީސްޓުން ދިރިއުޅޭ ގެ ނުވަތަ އިމާރާތް އޭގެ ޒާތުގައި އަމިއްލައަށް އުފަންނުވާ ހިނދު، މި ވަރުގަދަ އަދި އަޖާޢިބުތަކުން ފުރިގެންވާ ކާއިނާތް ކުއްލިއަކަށް އުފަންނުވާނެކަމެވެ. އެ ކާއިނާތް އުފެއްދެވީ އިންސާނުންވެސް އުފެއްދެވި ޢާލަމްތަކުގެ ވެރިރަސްކަލާނގެކަމެވެ. ދުނިޔޭގައިވާ ކޮންމެ އެއްޗަކީވެސް ކޮންމެވެސް މީހަކު އުފެއްދި އެއްޗެއްކަމަށް ޤަބޫލުކުރާއިރު ޚުދު ތިމާ ނިޞްބަތްވާ އިންސާނުން ދުނިޔެއަށް އައީ އެއްވެސް ފަރާތެއްގެ އުފެއްދެވުމެއްނެތިކަމަށް ޤަބޫލުކުރާ މީހަކަށްުވުރެ ދޮގުވެރި އަދި މޮޔަ މީހަކީ ފަހެ ކާކުހެއްޔެވެ؟ މިހެންކަމާއެކު އެތީސްޓުންވެސް އަދި ޑާވިންވެސް އުފެދުނީ އެމީހުން އެ ޤަބޫލުކުރާފަދައިން މަނުކުންނެވެ. އަދި ތިމާމެން ބުއްދިހުރެމެ، އެއްވެސް ބުއްދިއެއްނެތް ޖަނަވާރަކުން ތިމާމެން އުފެދިފައިވާކަމަށް ޤަބޫލުކުރާބަޔަކު އިސްލާމްދީނަށް ހަޖޫޖަހައި މަލާމާތްކުރުމުން އަހަރުމެން އަންތަރީހެއްނުވެއެވެ.

 

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!