މަޖްލީހުގެ ފުރަތަމަ ދައުރު އެންމެ މަދުން ޖަލްސާތަކަށް ވަޑައިގަތީ ސިޔާމް

  • ފޮޓޯ / ވަގުތު

ރައްޔިތުން މަޖްލީހުގެ މިއަހަރުގެ ފުރަތަމަ ދައުރު އެންމެ މަދުން ޖަލްސާތަކަށް ވަޑައިގެންނެވި ބޭފުޅަކީ މީދޫ ދާއިރާގެ މެމްބަރ އަހުމަދު ސިޔާމް މުހައްމަދު ކަމުގައި މަޖްލިސްއިން ހާމަކޮށްފިއެވެ.

ރައްޔިތުންގެ މަޖްލީހުން އާއްމުކޮށްފައިވާ ފުރަތަމަ ދައުރުގެ ޙާޟިރީން ދައްކާގޮތުގައި މަޖްލީހުގެ 7 ޖަލްސާއަކަށް ސިޔާމް ހާޟިރުވެފައެއް ނުވެއެވެ. އަދި ހާޟިރު ވެފައިވަނީވެސް 7 ޖަލްސާ އަށެވެ.

ސިޔާމްއަށްފަހު އެންމެ މަދުން ޖަލްސާއަށް ހާޟިރުވެފައިވަނީ އޭދަފުށީ ދާއިރާގެ މެމްބަރ އަހުމަދު ސަލީމްއެވެ. ސަލީމް 6 ޖަލްސާއަށް ހާޟިރުނުވާއިރު، ހާޟިރުވެފައިވަނީ 8 ޖަލްސާއަށެވެ. ތިންވަނައަށް އެންމެ މަދުން ހާޟިރުވެފައިވަނީ ކަނޑިތީމު ދާއިރާގެ މެންބަރު މުޙައްމަދު ޙުސައިން އާއި ހެންވޭރު ދެކުނު ދާއިރާގެ މެންބަރު މުޙައްމަދު ޢަބްދުލްކަރީމްއެވެ. އެ ދެ މެންބަރުންވެސް ވަޑައިގަތީ 9 ޖަލްސާއަށެވެ. އަދި ފަސް ޖަލްސާއަށް ވަޑައިގެންފައެއް ނުވެއެވެ.

މިއަހަރުގެ ފުރަތަމަ ދައުރު މަޖްލިސްގެ ހުރިހާ ޖަލްސާތަކަށް 35 މެމްބަރުން ހާޟިރުވެފައިވެއެވެ. އެއީ:

1.މާފަންނު މެދު ދާއިރާގެ މެންބަރު އަސްމާ ރަޝީދު

2.މާފަންނު ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ ރިފާޢު

3.ވިލިމާލެ ދާއިރާގެ މެންބަރު އަޙްމަދު ނިހާން ޙުސައިން މަނިކު

4.ހޯރަފުށީ ދާއިރާގެ މެންބަރު މުޙައްމަދު އިސްމާޢީލް

5.އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޢަބްދުﷲ

6.ބާރަށު ދާއިރާގެ އިބްރާހީމް ޝުޖާޢު

7.ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުއްލަޠީފް މުޙައްމަދު

8.ނޮޅިވަމް ދާއިރާގެ މެންބަރު ޙުސައިން ޢަރީފް

9.މަކުނުދޫ ދާއިރާގެ މެންބަރު އަނާރާ ނަޢީމް

10.މިލަންދޫ ދާއިރާގެ މެންބަރު ޙަސަން މުފީދު ޢަބްދުލްޤާދިރު

11.ކޮމަންޑޫ ދާއިރާގެ މެންބަރު އަޙްމަދު ނާޝިދު

12.ފުނަދޫ ދާއިރާގެ މެންބަރު ޢަލީ ސަލީމް

13.ކެނދިކުޅުދޫ ދާއިރާގެ މެންބަރު ޢަލީ މަޢުރޫފް

14.ވެލިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޔާމީން

15.ހޮޅުދޫ ދާއިރާގެ މެންބަރު ޢަލީ މުޙައްމަދު

16.އުނގޫފާރު ދާއިރާގެ މެންބަރު ޖައުފަރު ދާޢޫދު

17.މަޑުއްވަރީ ދާއިރާގެ މެންބަރު މުޙައްމަދު އަމީތު އަހްމަދުމަނިކު

18.ނައިފަރު ދާއިރާގެ މެންބަރު އަޙްމަދު ޝިޔާމް

19.ތުލުސްދޫ ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދު އިބްރާހީމް

20.ގުރައިދޫ ދާއިރަގެ މެންބަރު އިބްރާހީމް ރިޟާ

21.މަތިވެރި ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދު

22.މަހިބަދޫ ދާއިރާގެ މެންބަރު އަޙްމަދު ޠާރިޤް

23.ދަނގެތި ދާއިރާގެ މެންބަރު އިލްހާމް އަޙްމަދު

24.ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ފާރީސް މައުމޫން

25.ބިލެއްދޫ ދާއިރާގެ މެންބަރު އަޙްމަދު މުބީން

26.ނިލަންދޫ ދާއިރާގެ ޢަބްދުﷲ ޚަލީލް

27.ތ.ގުރައިދޫ ދާއިރާގެ މެންބަރު ޙުސައިންމަނިކު ދޮންމަނިކު

28.މާވަށު ދާއިރާގެ މެންބަރު އަޙްމަދު އަޒްހާން ފަހުމީ

29.ގެމަނަފުށި ދާއިރާގެ މެންބަރު ޖަމީލް އުޘްމާން

30.ތިނަދޫ ދާއިރާގެ މެންބަރު ސަޢުދުﷲ ޙިލްމީ

31.ތިނަދޫ ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ އަޙްމަދު

32.މަޑަވެލި ދާއިރާގެ މެންބަރު މުޢާޒް މުޙައްމަދު ރަޝީދު

33.ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު ޢަބްދުﷲ މަސީޙު މުޙައްމަދު

34.ފޭދޫ ދާއިރާގެ މެންބަރު އިބްރާހީމްދީދީ

35. އިސްދޫ ދާއިރާގެ މެންބަރު އަޙްމަދު ރަޝީދު

މަޖްލީހުގެ މިއަހަރުގެ ފުރަތަމަ ދައުރު ފަށާފައިވަނީ ފެބުރުއަރީ މަހުގެ 6 ވަނަ ދުވަހުއެވެ. މި ދައުރުގައި 14 ޖަލްސާއެއް ބާއްވާފައިވެއެވެ.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!