ފަޤީރުންގެ ގޮތުގައި ރަޖިސްޓްރީވުމުގެ މުއްދަތު އިތުރުކޮށްފި

ފަޤިރުންގެ ގޮތުގައި ރަށްރަށުން ރަޖިސްޓްރީވާން ބޭނުންވާ ފަރާތްތަކަށް ރަޖިސްޓްރީވުމުގެ މުއްދަތު އިތުރުކޮށްފިއެވެ.

މިކަމާއި ގުޅޭގޮތުން މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒްއިން ހާމަކޮށްފައިވަނީ ފަޤީރުންގެ ގޮތުގައި ރަށްރަށުން ރަޖިސްޓްރީވާން ބޭނުންވާ ފަރާތްތަކަށް ރަޖިސްޓްރީ ވުމުގެ މުއްދަތު އިތުރުކޮށްފައިވާ ކަމަށާއި އެގޮތުން މިމަހުގެ 18 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް އެފަރާތްތަކަށް ރަޖިސްޓްރީވުމުގެ ފުރުޞަތު ހުޅުވާލާފައިވާ ކަމަށެވެ.

ރަށްރަށުގައި ރަޖިސްޓްރީވުމަށް ބޭނުންވާ ފަރާތްތަކުން އެކަމަށް އެދި ފޯމް ހުށަހަޅާނީ އެރަށެއްގެ ކައުންސިލަށެވެ.

މާލެ ސަރަހައްދުގައި ދިރިއުޅޭ، ފަޤީރުންގެ ގޮތުގައި ރަޖިސްޓްރީ ކުރަން ބޭނުންވާ ފަރާތްތަކުން ފޯމް ހުށަހެޅުމުގެ އެންމެފަހު ތާރީޚަކީ މޭ 16 ވާ އަންގާރަ ދުވަހުގެ 12:00 އެވެ.

ފަޤީރެއްގެ ގޮތުގައި ބަލަނީ ދުވާލަކަށް 44.ރ ނުލިބޭ ނަމަ އެވެ. މިދިޔަ އަހަރު ފަޤީރުންގެ ގޮތުގައި 12،000 އަށް ވުރެ ގިނަ މީހުން ރަޖިސްޓްރީ ކުރި އެވެ.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!