ތެޔޮ ހުސްވެ ކަރަންޓު ނުދެވުމުގެ ސަބަބުން ޣައްޒާގެ ހަތަރު ހޮސްޕިޓަލެއް ބަންދުކޮށްފި

ހަރުކަށި ޔަހޫދީން ހިޞާރުކޮށްފައިވާ ފަލަސްތީނުގެ ޣައްޒާއަށް ތެޔޮލިބުން ދަތިވެ، ކަރަންޓު ނުދެވުމުގެ ސަބަބުން ހަތަރު ހޮސްޕިޓަލެއްގެ މަސައްކަތް ހުއްޓި ބަންދުކޮށްފިއެވެ.

މިކަމާއި ގުޅޭގޮތުން ފަލަސްތީނުގެ ރައްޔިތުންނަށް ސިއްޚީ އެހީތެރިކަން ފޯޜުކޮށްދޭ ޖަމިއްޔާއަކުން ހާމަކޮށްފައިވާ ގޮތުގައި އިންޖީނުގެތައް ހިންގާނެ ތެޔޮ ލިބުން ދަތިވެ ކަރަންޓް ނުދެވުމުގެ ސަބަބުން ފަލަސްތީނުގެ ސަރުކާރުން ޣައްޒާގައި ހިންގަމުންދާ ހަތަރު ހޮސްޕިޓަލެއް ބަންދު ކޮށްފައިވާ ކަމަށެވެ. މީގެތެރޭގައި ކުޑަކުދިންނަށް ހާއްސަ ހޮސްޕިޓަލަކާއި ނަފްސާނީ ބަލިތަކަށް ހާއްސަކޮށްގެން ހިންގާ ހޮސްޕޓަލެއްވެސް ހިމެނޭކަމަށް އެޖަމިއްޔާއިން ހާމަކުރެއެވެ.

އެޖަމިއްޔާއިން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި މިކަމުގެ ސަބަބުން އެތައް ބަލި މީހުންނަކަށް މިކަމުގެ ނޭދެވޭ އަސަރު ކޮށްފައިވާ ކަމަށާއި އެމަރޖެންސީ، އައިސީޔޫ އަދި އަލަށް އުފަންވާ ކުދިންނަށް ފަރުވާ ދޭނެ ގޮތަކާމެދު ކަންބޮޑުވާ ކަމަށެވެ.

ކަރަންޓް ނުލިބުމުގެ ސަބަބުން ހޮސްިޕޓަލްތައް ބަންދު ކޮށްފައިވާއިރު ޣައްޒާގެ ރައްޔިތުންނަށް ކަރަންޓްގެ ހިދުމަތްދެމުން އައި މައި ޕަވަޕްލާންޓްގައި ބޭނުންކުރާނެ ތެޔޮ ނެތިގެން މިމަހުގެ 16 ވަނަ ދުވަހުވަނީ އެތަނުގެ މަސައްކަތް ހުއްޓިފައެވެ.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!