އޭމަގޭ އުއްމަތެވެ.

އަހަރެމެން އެންމެހާ މުސްލިމުން އެއް އުއްމަތެއްގެ ގޮތުގައި ލެއްވެވި ﷲގަންދީފައި ބުނަމެވެ. އަހަރެމެން މިވަނީ ހަނދުމަނެތިކުރެވިފައެވެ. އެއްއުއްމަތެކެވެ. އެއްދީނެކެވެ. އެއްމިއްލަތެކެވެ. އެހެންނަމަވެސް ތިޔަބައިމީހުން އަހަރެމެން މަތިން ހަނދުމަނައްތައިލައިފިއެވެ. އުއްމަތުގެ މަތިން ހަނދާންނައްތަލާއި ދުނިޔަވީ މަޖަލާއި އުފަލުލުގައި ތިޔަބައިމީހުން ވަނީ ޣަރަޤުވެފައެވެ.

އޭ މުސްލިމް އުއްމަތުގެ މައިންނެވެ. ތިޔަމައިންގެ ދަރިން ސީރިޔާގެ މިބިމުގައި ލެޔާއި ތަތްތެޅިފައެވެ. އަހަރެމެންގެ ކޮއްކޮއިން ފެންނަނީ ލޭގެ ކޯރުތަކުގެ ތެރޭގައި ޒަހަމް ވެފައިވަނިކޮށެވެ. ނޫނީ ބޮމުގެ ޙަމަލާތަކުގައި ބިމާއި ހަމަވާ ޢިމާރާތްތަކުގެ އަޑީގައި ތާޝިވެފައި ވާތަނެވެ. ތިޔަ  ހިތްތަކަށް އަސަރެއް ފަހެ ނުކުރޭ ހެއްޔެވެ؟ ތިބާއިންގެ ލޯތަކުން މިމަންޒަރު ދެކި ކަރުނަ ނާޅަމުތޯއެވެ؟ ތިބާއިން އެއަށްވުރެ އަވަދިނެތިވެފައެވެ. ދުނިޔަވީ ކަންކަމުގައެވެ. އެންމެ ކުޑަމިނުން ތިބާގެ ދުޢާގައި ހަނދުމަ ކޮށްލާށެވެ.

އޭމަގޭ އުއްމަތުގެ މީސްތަކުންނެވެ. އަހަރެމެންގެ ރަށުގެ ބިންތަކުގައި ލޭގެ ކޯރުތަށް ވަނީ ދެމިފައެވެ. މައިން އެމައިންގެ ދަރިން ވީތަން ނޭނގި ހޯދާއިރު ފެންނަނީ ޝަހީދުވެފައި ވާތަނެވެ. ބަފައިން އެބައިމީހުންގެ ޝަހީދުވެފައިވަ ދަރިންގެ ހަށީތަށް އަތް މަތީގައި އުފުލަނީއެވެ. ހިތާމައިގެ ކޮޅެއްވެސް ނެތެވެ.

ތުއްތު މައުސޫމު ދަރިން އެދަރިންގެ ޝަހީދުވެފައިވާ މައިންގެ ހަށިތަކުގައި އޮޅުލައިފައި ލޯހުޅުވާލުން އެދި އާދޭސްކުރަނީއެވެ. އަސްރުންފުރިފައިވާ އެފަދަ މަންޒަރުތަކުން ތިބާގެ ޣާފިލް ހިތަށް އުއްމަތުގެ ހާލު ނުވިސްނޭހެއްޔެވެ؟ ޝަހީދުވެފައިވާ ބޭބެގެ އަތުގައި ހިފައި ތެދުވާށޭ ގޮވަނީ ކިތަށް ކުދިންހެއްޔެވެ؟ އަސަރެއްފަހެ ނުކުރޭހެއްޔެވެ؟

އުއްމަތުގެ ހާލާއިމެދު ވިސްނުމެއްނެތި ތިޔަބައިމީހުން ދުނިޔެވީ ކަންކަމުގައި މަޝްޣޫލު ވެފައިވަނީ ހަނދުމަނެތިދާވަރަށެވެ. މުސްލިމުންގެ ޢަދުއްވުނާއި ތިޔަބައިމީހުން ގުޅުން ބަދަހި ކުރަނީ ވަގުތީ މަންފަޢައެއް ލިބިން އެދިއެވެ. ތިބާ އަހުރެމެން މަތިން ހަނދުމަ ނެތިކުރުވީ ދުނިޔަވީ މަޖަލެވެ. ތިބާއިން އުފާކޮށް މަޖާ ކުރާއިރު އަހަރެމެން ރޮއެ ހިތާމަކޮށް އެބަތިބީމުއެވެ.

އަހަރެމެން މިވަނީ ޔަތީމުވެފައެވެ. ބައްޕަ ޝަހީދުވެފައެވެ. މަންމަ ޝަހީދުވެފައެވެ. ބޭބެ ވީތަނެއް ނޭނގިފައެވެ. ފަހުން ފެނުނީ އަތްފަޔާއި އެކު ޗަސްވެފައިވާ ޙާލު ޝަހީދުވެފައިވަނިކޮށެވެ. ކޮއްކޮ ބަނޑުހައިވެ އަޅާލާނެ މީހަކު ނެތުމުން ރޮއެރޮއެ ހަފުސްވަނީއެވެ. އަހަރެމެންގެ އުއްމަތް ނިދާފައެވެ. އޭމަގޭ އުއްމަތުގެ މީސްތަކުންނެވެ. އަހަރެމެންނަޢި މެދު ޣާފިލްނުވާށެވެ.

(ތިބާގެ ދުނިޔަވީ އުފަލާއި މަޖާ ދޫކޮށް އަހަރެމެންނަށްޓަކައި ހެޔޮ ދުޢާ ކޮށްދޭށެވެ. އާދޭސްކުރަމެވެ. (ނިމުނީ

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!