އިސްލާމީ މަރުކަޒުގެ ފާރުގައި ހަޑިހުތުރު ބަހުން ލިޔެފި

އިސްލާމީ މަރުކަޒުގެ ބޭރު ފާރުގައި ހަޑިހުތުރުބަހުން ލިޔުންތަކެއް ލިޔެފައި ހުއްޓާއި ފެނިއްޖެއެވެ

މިކަމާއި ގުޅޭގޮތުން ދިއިސްލާމަށް މައުލޫމާތު ދެއްވަމުން އިސްލާމިކް މިނިސްޓްރީގެ ކޯޑިނޭޓަރު މުހައްމަދު އަހުސަން ވިދާޅުވީ އިސްލާމީ މަރުކަޒުގެ ބޭރު ފާރުގައި ހަޑިހުތުރުބަހުން ލިޔުންތަކެއް ލިޔެފައިވާކަަށާއި ހުތުރުބަސް ބޭނުންކޮށް އިސްލާމިކް މިނިސްޓްރީއަށް ވެސް އެލިޔުންތަކުގައި އިންޒާރު ދީފައިވާކަމަށެވެ.

އަހްސަން ވިދާޅުވީ އެކަންކުރި ބަޔަކު އަދި އެނގިފައިނުވާ ކަމަށާއި ލިޔުންތައް ލިޔެފައި ހުއްޓާފެނުނީ ރޭ ފަތިހު ކަމަށެވެ. އަދި މިހާރު އެމައްސަލަ މިހާރު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް އަހްސަން ވިދާޅުވިއެވެ.

މިިކަމާއި ގުޅިގެން އިސްލާމިކް މިނިސްޓްރިން ހުރިހާ ފަރާތްތަކަށް އިލްތިމާސެއް ކުރައްވާފައެވެ. މިނިސްޓްރީއިން އިލްތިމާސްކޮފައިވަނީ މިސްކިތްތަކަކީ އިސްލާމްދީނުގައި ޚުރުމަތްތެރި ކުރައްވާފައިވާ ތަންތަންކަމަށާއި އެއީ ބިންމަތީގައިވާ ﷲ ގެ ގެކޮޅުކަމަށާއި އަދި ބިންމަތީގައި އިމާރާތްކުރެވޭ އެންމެ މުޤައްދަސް ބިނާކަން އަޅުގަނޑުމެން އެންމެންވެސް ދަންނަން ޖެހޭ ކަމަށެވެ. އަދި ކިތަންމެ ބޮޑު ހިތްހަމަނުޖެހުމާއި ޚިޔާލު ތަފާތުވުން އުފެދިގެންދިޔަސް އެންމެހައި ލޮބުވެތި ދިވެހި މުސްލިމުން އަބަދުވެސް އިސްލާމްދިނަށާއި ދީނުގައި ޚުރުމަތްތެރި ކުރައްވާފައިވާ ތަންތަނަށް އަދި ވަކިން ހާއްސަކޮށް މިސްކިތްތަކަށް ޚުރުމަތްތެރިކޮށް ހިތުމަށް ނަސޭހަތްތެރިވެ އިލްތިމާސްކުރާ ކަމަށެވެ.

ހަޑިހުތުރުބަހުން ލިޔެފައިވާ ލިޔުންތައްމަތީގައި މިހާރުވަނީ ކުލަލާ ފުހެލާފައެވެ.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!