ބީޖޭޕީގެ އިސްލީޑަރުންނަށް ބާބްރީ މިސްކިތް ތަޅާލި މައްސަލާގައި ދައުވާ ކުރަނީ

އިންޑިއާގެ އުއްތަރުޕްރަދޭޝްގެ އަޔޯދިއާގައި ހުރި ބާބްރީ މިސްކިތް ތަޅައިލި މައްސަލާގައި ވެރިކަން ކުރާ ބާރްތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) ގެ އިސް ބައެއް ލީޑަރުންނާ ދެކޮޅަށް 1993 ވަނަ އަހަރު ކޮށްފައިވާ ދައުވާ އަލުން ބަލަން އިންޑިއާގެ ސުޕްރިމް ކޯޓުން އަމުރުކޮށްފި އެވެ.

ބާބްރީ މިސްކިތް ތަޅައި ސުންނާފަތި ކޮށްލި މައްސަލާގައި ޖިނާއީ ޝަރީއަތް ހިންގުމަށް އިންޑިއާގެ ސްޕްރީމް ކޯޓުން އަމުރުކުރި ބީޖޭޕީގެ ތިން ލީޑަރުންނަކީ ކުރީގެ ބޮޑުވަޒީރުގެ ނާއިބް އެލް.ކޭ އަދުވާނީއާއި، މިހާރުގެ ސަރުކާރުގެ ވޯޓަރ ރިސޯސަސް މިނިސްޓަރ އުމާ ބާރތީއާއި، ބީޖޭޕީގެ އިސް ލީޑަރެއް ކަމަށްވާ އެމް.އެމް ޖޯޝީއެވެ.

މީގެ އިތުރުން ބީޖޭޕީގެ އިސް ލީޑަރެއް ކަމަށްވާ ކަލްޔާން ސިންގްއާ ދެކޮޅަށްވެސް ޖިނާއީ ޝަރީއަތް ކުރުމަށް ސްޕްރީމް ކޯޓުން އަމުރު ކޮށްފައި ވެއެވެ. ނަމަވެސް ކަލްޔާން ސިންގަކީ މިހާރު ރާޖަސްތާނުގެ ގަވަރްނަރުކަމުން، މަގާމުގެ މުއްދަތުގައި އެނާއާ ދެކޮޅަށް ޝަރީއަތް ނުކުރެވޭތީ މަގާމުގެ މުއްދަތު ހަމަވަންދެން ކަލްޔާންގެ ޝަރީއަތް ފަސްކުރުމަށްވެސް އަމުރުގައި ވެއެވެ.

މިސްކިތް ތަޅާލި މައްސަލައިގައި ބީޖޭޕީގެ ލީޑަރުންނާ ދެކޮޅަށް 1993 ވަނަ އަހަރު ދައުވާއެއް އުފުލި އެވެ. އެއީ ރުޅިވެރިކަން އުފެދޭ ގޮތަށް ވާހަކަ ދައްކައި، ގައުމީ އެއްބައިވަންތަކަމަށް ގެއްލުންވާ ގޮތަށް މަސައްކަތް ކުރި ކަމުގެ ކުށުގެ ދައުވާ އެވެ. އެ ދައުވާތައް ރާއީބެރިއެލީގެ މެޖިސްޓްރޭޓް ކޯޓުން ކުރިން ވަނީ ބޭރުކޮށްލާފަ އެވެ. ނަމަވެސް އިންޑިއާގެ ޤާނޫނު އަސާސީގެ 142 ވަނަ މާއްދާއިން ސުޕްރިމް ކޯޓަށް ލިބިދޭ ބާރުގެ ދަށުން މައްސަލަ އަލުން ބެލުމަށް އެންގީ އިންސާފު ނުލިބި ލަސްވެ، އެކަން އަވަސް ކުރަން ފިޔަވަޅު އެޅުމުގެ ގޮތުންނެވެ.

އިންޑިއާގެ ހައްދު ފަހަނައަޅާފައިތިބޭ ނަޖިސް ހިންދޫން 1992 ވަނަ އަހަރުވަނީ ބާބްރީ މިސްކިތް ތަޅާލާފައިވަނީ އެ ބިމަކީ ކުރިން އެމީހުންގެ މުޤައްދަސްތަނެއްކަމަށް ބުނެފައެވެ. މިކަމުގެ ސަބަބުން އުފެދުނު ހަމަނުޖެހުމުގައި 2000 އަށްވުރެގިނަ މީހުން މަރުވެފައިވެއެވެ.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!