800 އަށްވުރެ ގިނަ ދަރިވަރުން ޤައުމީ ޔުނިވަރސިޓީއިން ދަސްވެނިވެއްޖެ

88 ކޯހަކުން 827 ދަސްވެނިންނާއެކު ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ) ގެ ދަސްވެނިވުން ބައްވައިފިއެވެ.

ދަރުބާރުގޭގައި ރޭބޭއްވި ދަސްވެނިވުމުގެ ރަސްމިއްޔާތުގައި މާސްޓާސް ފެންވަރުގެ 12 ކޯހަކުން 71 ދަރިވަރުން ދަސްވެނިވިއިރު، ޕޯސްޓް ގުރެޖުއޭޓް ފެންވަރުގެ ދެ ކޯހަކުން ދެ ދަރިވަރަކު އަދި ބެޗްލާސް ޑިގްރީގެ 32 ކޯހަކުން 393 ދަރިވަރަކު ވަނީ ދަސްވެނިވެފައެވެ. އަދި އެޑްވާންސް ޑިޕްލޮމާގެ 3 ކޯހަކުން 12 ދަރިވަރަކާއި ޑިޕްލޮމާ ފެންވަރުގެ 21 ކޯހަކުން 180 ދަރިވަރުން ދަސްވެނިވިއިރު، އެޑްވާންސް ސެޓްފިކެޓްގެ 13 ކޯހަކުން 150 ދަރިވަރުން އަދި ސެޓްފިކެޓް ލެވެލްގެ 5 ކޯހަކުން 19 ދަރިވަރަކު ވަނީ ރޭގެ ރަސްމިއްޔާތުގައި ދަސްވެނިވެ، ސެޓްފިކެޓް ހާސިލް ކޮށްފައެވެ.

ރޭ ދަސްވެނިވި ދަރިވަރުންގެ ތެރެއިން ގްރޭޑް ޕޮއިންޓް އެވްރެޖް ތިނެއް ނުވަތަ އެއަށްވުރެ މަތި ހޯދުމާއެކު އެކިއެކި ކޯސްތަކުން އެއްވަނަ ހޯދާފައިވާ ފަރާތްތަކަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިނާމު ވަނީ 22 ދަރިވަކު ހާސިލް ކޮށްފައެވެ.

ގައުމީ ޔުނިވާސިޓީން އެންމެ ގިނަ އަދަދަކަށް ދަރިވަރުން ދަސްވެނިވެފައިވަނީ ފެކަލްޓީ އޮފް އެޑިއުކޭޝަން (އެފްއީ) އާއި ފެކަލްޓީ އޮފް ހެލްތު ސައިންސް (އެފްއެޗްއެސް) އަދި ފެކަލްޓީ އޮފް ޝަރީއެންޑް ލޯ (އެފްއެސްއެލް) އިންނެވެ.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!