އިންޑިޔާ ސިފައިންގެ އައްޑަނައަކަށް ކަޝްމީރުގެ ޒުވާނެއް ބޭނުންކުރާ ފޮޓޯއެއް އާއްމުވެއްޖެ

ފޮޓޯއިން ތިޔަ ފެނިވަޑައިގަންނަވަނީ އިންޑިޔާ ސިފައިން އެމީހުންގެ ޖީޕްގެ ކުރިމަތީގައި އައްޑަނައެއްގެ ގޮތުގައި އައްސާފައިވާ ކަޝްމީރުގެ ޒުވާނެކެވެ.

ކަޝްމީރުގެ ކުރީގެ ޗީފް މިނިސްޓަރ އުމަރު އަބްދުﷲ މިފޮޓޯ ޓުވީޓުކުރުމަށްފަހުވަނީ ކަމާބެހޭ އިދާރާތަކުން މިކަންބަލައި ފިޔަވަޅު އެޅުމަށް ގޮވާލަފައެވެ.

ކަޝްމީރުގެ މެދުތެރޭ އަވަށެއްކަމަށްވާ ބުގާމްގައި އިންޑިޔާ ސިފައިންގެ ލަޝްކަރުތަކުން މިފަދައިން އަމަލުކޮށްފައިވަނީ އިންޑިޔާ ސިފައިންގެ ވެހިކަލްތަކަށް ކަޝްމީރުގެ ރައްޔިތުންދޭ އޮށްގަލުގެ ހަމަލާތަކުން ސަލާމަތްވުމަށެވެ.

އައްޑަނައެއްގެ ގޮތުގައި އިންސާނުން ބޭނުންކުރުމަކީ ހަނގުރާމައިގެ ޖަރީމާއެއްކަމުގައި ބައިނަލްއަޤްވާމި މުއާހަދާތައް ކަމުގައިވާ 1949 ވަނަ އަހަރުގެ ޖެނީވާ ކޮންވެންޝަންއާއި 1977 ގެ ޖެނިވާ ކޮންވެންޝަންގެ އެޑިޝަނަލް ޕްރޮޓޮކޯލް 1 އާއި 1998 ގެ ރޯމް ސްޓެޓިއުޓުންވަނީ ކަނޑައަޅާފައެވެ.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!