މިޞްރުގެ ފައްޅިއަށްދިން ހަމަލާ ހަމާސްއިން ކުށްވެރިކޮށްފި

މިޞްރުގެ ވެރިރަށް ގާހިރާގެ އުތުރުން އޮންނަ ތަންތާ ސިޓީގެ ސެއިންޓް ޖޯޖް ކޮޕްޓިކް ފައްޅި އަށްދިން ބޮމުގެ ހަމަލާ ހަމާސްއިން ކުށްވެރިކޮށްފިއެވެ.

މިކަމާއި ގުޅޭގޮތުން އާދިއްތަ ދުވަހު ހަމާސްއިން ނެފައިވާ ބަޔާނެއްގައި އެޖަމާއަތުގެ ސްޕޯކްސްޕާރސަން ފައުޒީ ބަރްހޫމް ވިދާޅުވެފައިވަނީ މިހަމަލާ ހަމާސްއިން ކުށްވެރިކުރާ ކަމަށާއި މިކަމާއި ވަރަށް ބޮޑަށް ހިތާމަފާޅުކުރައްވާ ކަމަށެވެ.

މިޞްރުގެ ފައްޅިއަށްދިން ބޮމުގެ ހަމަލާގައި 43 މީހުންވަނީ މަރުވެފައެވެ.

ގާހިރާގައި ހަމަލާ ދީފައިވަނީ ކްރިސްޓިއަން ކަލަންޑަރުގައި އެންމެ މާތް އެއް ދުވަސް ކަމަށްވާ ޕާމް ސަންޑޭ ފާހަގަ ކުރަމުން ދަނިކޮށެވެ.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!