ކައިވެނިކުރާ 10 އަހަރުންދަށުގެ ކުދިންގެ ތެރެއިން 84 ޕަސެންޓަކީ ހިންދޫން

އަވަށްޓެރި އިންޑިއާގައި 12 މިލިއަނަށްވުރެ ގިނަ ކުދިން އުމުރުން 10 އަހަރު ނުވަނީސް ކައިވެނިކޮށްފައިވާއިރު، އެކުދިންގެ ތެރެއިން 84 ޕަސެންޓު ކުދިންނަކީ ހިންދޫ ދީނަށް ނިސްބަތްވާ ކުދިންކަމަށް ބޯހިމެނުމުގެ ރިޕޯޓުން ދައްކައިފިއެވެ.

މިއަދަދަކީ ގާތްގަނޑަކަށް ޖައްމޫ ކަޝްމީރުގެ މުޅި އާބާދީއާއި އެއްވަރުގެ އަދަދެކެވެ.

މީގެ ތެރެއިން 65 އިންސައްތަ ކުދިންނަކީ އަންހެން ކުދިންނެވެ.

އުމުރުން ދިހަ އަހަރު ނުވަނީސް ކައިވެނިކުރާ ކުދިންގެ ތެރެއިން 5.4 މިލިއަން ކުދިންނަކީ ލިޔަންކިޔަން ނުދަން ކުދިންކަމަށް ބޯހިމެނުމުގެ ރިޕޯޓުގައި ފާހަގަ ކޮށްފައިވެއެވެ. އަދި އޭގެތެރެއިންވެސް 80 އިންސައްތައަކީ އަންހެން ކުދިންނެވެ.

އިންޑިއާގެ ޤާނޫނުތައް ބުނާގޮތުން އަންހެން ކުއްޖަކު ކައިވެނި ކުރުމުގެ އުމުރަކީ 18 އަހަރު ފުރިފައިވުމެވެ. ފިރިހެން ކުއްޖަކުނަމަ 21 އަހަރެވެ. ނަމަވެސް ނިއުދިއްލީގެ ހައިކޯޓާއި ގުޖުރާތުގެ ހައިކޯޓުން ނިންމާފައިވާ މައްސަލަތަކަށް ބަލާއިރު މުސްލިމު އަންހެން ކުއްޖެއްނަމަ އެކުއްޖާ ފުރާވަރަށް އެޅުމުން ނުވަތަ އުމުރުން 15 އަހަރުވުމުން ކައިވެނި ކުރެވޭނެއެވެ.

ޅައުމުރުގައި ހިންދޫން އެމީހުންގެ ދަރިން ކައިވެނިކުރުވާ އިންސައްތަ 84 ގައި އުޅޭއިރު މުސްލިމުންގެ  އުޅެނީ އެންމެ 11 އިންސައްތައެވެ.

 

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!