އިތުރު ނުވަމީހަކު އޫރު ރޯގާ ޖެހި ހުންއައިސްގެން ދައްކާ މީހުން އިތުރުވެއްޖެ

ރާއްޖޭގައި މީހާރު ފެތުރެމުންދާ އޫރު ރޯގާ އިތުރު ނުވަމީހަކަށް ޖެހިފައިވާކަމަށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) ގެ ހިސާބުތަކުން ދައްކައިފިއެވެ.

އެޗްޕީއޭއިން ހާމަކޮށްފައިވާ ގޮތުގައި އޫރު ރޯގާއަށް އިއްޔެ ޓެސްޓްކުރި 25 މީހުންގެ ތެރެއިން 9 މީހަކުވަނީ ރޯގާއަށް ޕޮޒިޓިވްވެފައެވެ. މިއާއެކު މިއަހަރުގެ ޖެނުއަރީމަހުން ފެށިގެން މިއަދާ ހަމައަށް އޫރު ރޯގާ ޖެހުނު މީހުންގެ އަދަދުވަނީ 123 އަށް އަރާފައެވެ.

އޫރު ރޯގާއަށް 9 މީހަކު ޕޮޒިޓިވްވެފައިވާއިރު ހުންއައިސްގެން ޑޮކްޓަރަށްދައްކާ މީހުންގެ އަދަދުވެސްވަނީ އަނެއްކާ އިތުރުވާން ފަށާފައެވެ. އެގޮތުން އެޗްޕީއޭއިން އާއްމުކުރި ތަފާސްހިސާބު ދައްކާގޮތުން މާލޭގެ އެކި ފްލޫ ކްލިނިކްތަކުން ޖުމްލަ 728 މީހުން ފަރުވާ ހޯދާފައިވާއިރު އޭގެ ކުރީ ދުވަހު އެ އަދަދު އުޅުނީ 680ގަ އެވެ. އަދި މިދިޔަ ހުކުރު ދުވަހު ރަށްރަށުން ހުމަށް 835 މީހުން ފަރުވާ ހޯދިއިރު އިއްޔެ އެ އަދަދު އުޅުނީ 1179 ގައެެވެ.

އަތޮޅުތަކަށް ބަލާއިރު، ރޯގާ ޖެހިފައިވާ މީހުން އެންމެ ގިނައީ ހދ. އަދި ރ. އަތޮޅުގަ އެވެ. ހދ.ގެ އެކި ރަށްރަށުން މުޅި ޖުމްލަ 111 ކޭސް ރިޕޯޓުކުރި އިރު ރ. އަތޮޅުން 126 ކޭހެއް ރިޕޯޓުކޮށްފައި ވެ އެވެ.

އޫރު ރޯގާ ޖެހިގެން މި އަހަރުގެ މިހާތަނަށް ދެ މީހަކު ވަނީ މަރުވެފަ އެވެ.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!