ޤާރީ ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

ކީރިތި ޤުރުއާނާއި ބެހޭ މަރުކަޒުން އޭޕްރީލްމަހު ފެށުމަށް ހަމަޖެހިފައިވާ ޤާރީ ކޯސް ލެވެލް 1 ގައި ބަވެރިވުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

މިކަމާއި ގުޅޭގޮތުން އެމަރުކަޒުން ކޮށްފައިވާ އިޢުލާނެއްގައިވަނީ އަންނަމަހު އެމަރުކަޒުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޤާރީ ކޯސް ލެވެލް 1 ގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލާފައިވާ ކަމަށާއި މާޗް މަހުގެ 16 އިން ފެށިގެން ކޯހުގައި ބައިވެރިވުމަށް އެދޭ ފޯމް އެމަރުކަޒުން ދޫކުރަމުން ގެންދާނެ ކަމަށެވެ.

މިކޯހުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކަކީ އުމުރުން 16 އަހަރު ވެފައިވާ ގްރޭޑް 7 ނިންމާފައިވާ ފަރާތްތަކަށް ވާންޖެހެއެވެ. އަދި މަރުކަޒުންދޭ ޓެސްޓާއި އިންޓަރވިއުއިން ފާސްވާންޖެހެއެވެ.

2 މަސްދުވަހުގެ މުއްދަތަށް ހިންގުމަށް ހަމަޖެހިފައިވާ މިކޯހުގައި ބައިވެރިވުމަށް ފޯމުލުމުގެ އެންމެފަހު ތާރީޚަކީ 26 މާޗް ވާ އާދީއްތަ ދުވަހުގެ 13:30 އެވެ.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!