ބަނޑިދޫ ދޯންޏަކުން މާވަހަރެއް ހޮވައިފި

ދ ބަނޑިދޫ ދޯންޏަކުން 28 ކިލޯގެ މާވަހަރެއް ހޮވައިފިއެވެ.

މިމާވަހަރު ހޮވާފައިވަނީ ބޮޑު ކަންނެލީގެ މަސްވެރިކަމަށް ނިކުމެ އުޅެނިކޮށް މީގެ ދެ ދުވަސް ކުރިން އެރަށު “ނަސްރު” ނަމަކަށް ކިޔާ ދޯންޏަކުންނެވެ. މާވަހަރު ހޮވާފައިވަނީ ހއ. އަތޮޅު ހިސާބާ 40 މޭލު ބޭރުން ކަމަށް މައުލޫމާތު ލިބެއެވެ.

ރާއްޖޭގެ ބައެއް ރަށްރަށުން ދޭތެރެ ދޭތެރެއިން މާވަހަރު ހޮވަމުންދާއިރު މިހާރު ބާޒާރުގެ އާންމު އަގުގެ ރޭޓުން ބަލައިފި ނަމަ މި މާވަހަރު ވިއްކާލައިގެން 13-15 ވަރަކަށް މިލިއަން ރުފިޔާ ލިބޭނެ އެވެ. އެއީ ގްރާމަކަށް 24 – 20 ޑޮލަރުގެ ރޭޓުންނެވެ.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!