ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި މާރޗް މަހު ޢުމުރާއަށްދާ ފަހު ގްރޫޕު ފުރައިފި

ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި މި މާރޗް މަހު ޢުމުރާއަށްދާ ފަހު ގްރޫޕު މިއަދު ފުރައިފި އެވެ.

މިކަމާއި ގުޅޭގޮތުން ދިއިސްލާމަށް މައުލޫމާތު ދެއްވި ހައްޖު ކޯޕަރޭޝަންގެ އޮފިޝަލަކު ވިދާޅުވީ އެކޯޕަރޭޝަންގެ ހަވާލުގައި މިމާޗުމަހު ޢުމްރާއަށްދާ ފަހު ގްރޫޕް މިއަދު ސައުދީ އަރަބިޔާއަށް ފުރާފައިވާ ކަމަށާއި މިއަދު ފުރާފައިވަނީ 25 މީހުން ކަމަށެވެ.

ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި މާރޗްމަހު ޢުމްރާއަށްދާ މީހުން ފުރަން ފަށާފައިވަނީ އެއްޔެއެވެ. އެއްޔެގައިވަނީ 110 މީހުން ޢުމްރާއަށް ފުރާފައެވެ.

މާޗްމަހުގެ ޢުމްރާއަށް މީހުން ފުރަންފަށާފައިވާ އިރު ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ތިން ހަރަމު ޢުމްރާއަށްވެސް މީހުންވަނީ މިހާރު ގޮސްފައެވެ.

ހައްޖު ކޯޕަރޭޝަންއިން މާޗް މަހުގެ އުމްރާއަށް ދިއުމުގެ އަގަކީ -/22965 ރ އެވެ.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!