މަދީނާ އިސްލާމިކް ޔުނިވަރސިޓީއަށް ހޮވުނު ކުދިންގެ ނަންތައް އިޢުލާންކޮށްފި

މަދީނާގައި ހުންނަ އިސްލާމިކް ޔުނިވަރސިޓީ އޮފް މަދީނާއިން މިއަހަރު ސްކޮލަރޝިޕް ލިބުނު ކުދިންގެ ނަންތައް އިޢުލާންކޮށްފިއެވެ.

ކުރިޔަށް އޮތް ދިރާސީ އާ އަހަރަށް މަދީނާގެ އިސްލާމިކް ޔުނިވާރސިޓީގެ ފަރާތުން ދޭ ސްކޮލާރޝިޕް ލިބުނު ކުދިންގެ ނަންތައް އެޔުނިވާރސިޓީގެ ވެބްސައިޓުގައި އިއުލާން ކުރިއިރު މިފަހަރު ދިވެހިރާއްޖެއިން 11 ކުދިންނަށް ސްކޮލަރޝިޕް ދީފައިވެއެވެ.

ތިރީގައިވަނީ ރާއްޖެއިން މަދީނާގެ އިސްލާމިކް ޔުނިވާރސިޓީގެ ފަރާތުން ދޭ ސްކޮލާރޝިޕް ލިބުނު ކުދިންގެ ނަންތަކެވެ.

– މުހައްމަދު އައިމަން އިބްރާހިމް
– މުހައްމަދު އަބްދުލް ރަހްމާން
– ހާތިމް ޔޫސުފް
– އިބްރާހިމް ސަމޫހް ހުސައިން
– ހުސައިން ރީހާން
– މިދުހަތު އިރުފާން
– އަހުމަދު ފާތިހް
– މުހައްމަދު އިމްތިނާން މުސްތަފާ
– މުހައްމަދު ޚާސިދު
– އިސްމާއިލް އިފްހާމް މުހައްމަދު
– އިމްރާން ރަޝީދު

މަދީނާގެ އިސްލާމިކް ޔުނިވާރސިޓީގެ ފަރާތުން ދޭ ސްކޮލާރޝިޕް ލިބޭ ކުދިންގެ ކިޔެވުމުގެ ހުރިހާ ޚަރަދެއް ބަލަހައްޓަނީ ސައުދީ އަރަބިޔާއިންނެވެ.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!