ހައްޖު ކޯޕަރޭޝަންގެ ފުރަތަމަ ގްރޫޕް ޢުމްރާއަށް ފުރައިފި

ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި މި މާރޗް މަހު ޢުމުރާއަށްދާ ފުރަތަމަ ގްރޫޕު މިއަދު ފުރައިފި އެވެ.

މިކަމާއި ގުޅޭގޮތުން ދިއިސްލާމަށް މައުލޫމާތު ދެއްވި ހައްޖު ކޯޕަރޭޝަންގެ އޮފިޝަލަކު ވިދާޅުވީ އެކޯޕަރޭޝަންގެ ހަވާލުގައި މިމާޗުމަހު ޢުމްރާއަށްދާ ފުރަތަމަ ގްރޫޕް މިއަދު ސައުދީ އަރަބިޔާއަށް ފުރާފައިވާ ކަމަށާއި މިއަދު ފުރާފައިވަނީ 110 މީހުން ކަމަށެވެ.

މާޗްމަހުގެ ޢުމްރާއަށްފުރާ ދެވަނަ ގްރޫޕް މާދަމާ ފުރުމަށް ހަމަޖެހިފައިވާ ކަމަށް އެކޯޕަރޭޝަންއިން ހާމަކުރެއެވެ. މާދަމާ ފުރާނީ 25 މީހުންނެވެ.

މާޗްމަހުގެ ޢުމްރާއަށް މީހުން ފުރަންފަށާފައިވާ އިރު ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ތިން ހަރަމު ޢުމްރާއަށްވެސް މީހުންވަނީ މިހާރު ގޮސްފައެވެ.

ހައްޖު ކޯޕަރޭޝަންއިން މާޗް މަހުގެ އުމްރާއަށް ދިއުމުގެ އަގަކީ -/22965 ރ އެވެ.

 

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!