ދާރް އަލް ހިކްމަ: ދަރިން ތަރުބިއްޔަތުކުރުމަށް ފަސޭހަ ވަސީލަތްތަކެއް

ދަރިންގެ އަޚްލާޤު ގޯސްވާ އެތައްކަމެއް އަޅުގަނޑުމެންގެ ވަށައިގެންވެއެވެ. މިފަދަކަންކަން ދެނެގަތުމަކީ ހެޔޮ ތަރުބިއްޔަތަކަށް މަގުފަހިވާނެ އެންމެ މުހިއްމު އެއް އަސާސެވެ. އެގޮތުން ކުޑަކުދީންގެ ސިކުނޑި ބިނާކުރުމާ ފަސާދަކުރުމުގައި ފޮތްތަކާއި ނޫސް މަޖައްލާތަކަކީވެސް ވަރަށްބޮޑު ރޯލެއްކުޅޭ އެއްޗެކެވެ. އެހެންކަމުން ރަގަޅު މަޢުލޫމާތު ލިއްބައިދެނިވި އިސްލާމީ ފޮތްތައް ކިޔުމުގެ އާދަ ދަރީންގެ ކިބައިގައި އަށަގަންނުވަން ޖެހެއެވެ. އަދި ދަރީންގެ ކިބައިގައި އެއާދަ ހުރިނަމަ އެކަމަށް ތަޢުރީފުކޮށް ހިތްވަރުދޭންޖެހެއެވެ. މިއަދު ދިވެހިބަހުންނާއި އިނގިރޭސިބަހުންވެސް ކުޑަކުދިންގެ ޢުމުރާއި މިޒާޖާ ގުޅޭ ގޮތަށް އެކުދިންގެ އިސްލާމީ ޢަޤީދާ އާއި އަޚްލާޤިއްޔާތު ވަރުގަދަކޮށް ފުރިހަމަކުރުމަށްޓަކައި ތަފާތު ފޮތްތަކާއި މަޖައްލާތަށް ބާޒާރުން ލިބެން އެބަހުއްޓެވެ.

މިފަދަ ފޮތްތައް ލިބޭނެ ވަސީލަތެއްމިވަނީ އަތްފޯރާފަށް އައިސްފައެވެ. އެއީ “ދާރް އަލް ހިކްމަ” މި ނަމުގައި ހިންގާ ފޭސްބުކް ޕޭޖް އެވެ.

މި ޕޭޖް އަކީ ބުކްޝޮޕް އެއް ގޮތަށް ހިންގާ ޕޭޖެކެވެ.

“ދާރް އަލް ހިކްމަ” ހިންގާ ފަރާތުން ދިއިސްލާމަށް މައުލޫމާތު ދިންގޮތުގައި މި ޕޭޖް ގައި ވިއްކުމަށް ކަނޑައަޅައިފައިވަނީ އިސްލާމް ދީން އަދި އިޖްތިމާޢީ ހޭލުން ތެރިކަމާއި ގުޅުން ހުރި ފޮތާއި ލިޔެކިޔުމާއި އަދި ގޭމް ފަދަ ތަކެއްޗެވެ.

އެގޮތުން ދަރިން ތަރުބިއްޔަތު ކުރުމަށް ބޭނުން ކުރެވިދާނެ އިސްލާމީ އެކި ތަފާތު ވަސީލަތްތަކުގެ ތެރޭގައި ކުދިންނަށް ރަނގަޅު ފިލާވަޅުތަކެއް ލިބިދޭނެ ފޮތްފޮތާއި، ދީނަށް އަހުލުވެރިކޮށް ހަނދާން ކޮށްދިނުމަށް ބޭނުން ކުރެވިދާނެ ތަކެއްޗާއި، ނަމާދު ކުރުވުމަށް ޝައުގުވެރި ކުރުވާނެ ކަހަލަ އަދި އިސްލާމީ ގިއު ގަނޑުގެ ތެރެއިން ކުޅެވޭނެ ގޮތަށް ތައްޔާރު ކޮށްފާވާ ގޭމްތައް މި ޕޭޖް އިން ގަންނަން ލިބެއެވެ.

މި ޕޭޖް މެދުވެރި ކޮށް ލިބެން ހުރި ބައެއް ފޮތް ތަކަށް ބަލާލާއިރު އެކި އުމުރުފުރާ ތަކާއި ގުޅޭ އެކި ފޮތްތައް އެބަހުއްޓެވެ. އޭގެތެރޭގައި ކުޑަކުދިންގެ ދީނީ މައުލޫމާތު މުއްސަނދިކޮށް ދީނަށް ޝައުގުވެރި ކުރުވަން ކިޔާ ދެވިދާނެ ފޮތްތައް ހިމެނެއެވެ.

އެގޮތުން ފާހަގަ ކޮށްލެވޭ އެއް ފޮތަކީ “ދަވޭޓު ޖައްނަ” މި ފޮތެވެ. މި ފޮތަކީ ކުޑަކުދިންނަށް ހާއްސަ ލިފްޓް ދަ ފްލެޕް ފޮތެކެވެ. ދިރިއުޅުމުގައި އާއްމު ގޮތެއްގައި މުސްލިމެއްގެ ހައިސިއްޔަތުން ކަންކަން މެދުވެރިވާ ހާލަތްތަކުގައި އެ ހާލަތަކާ ގުޅޭގޮތުން ކިޔަންޖެހޭ އިސްލާމީ ގޮތުން ސާބިތުވެފައިވާ ބަސްތައް މި ފޮތުން ކުދިންނަށް ދަސްކޮށްދެވޭނެއެވެ. އެއީ ހާލަތު ބަޔާން ކުރުމަށްފަހު ކިޔަންވީ ދުއާ ކުއްޖާ އާއި ސުވާލުކުރުމަށްފަހު އެ ޖަވާބު ރަނގަޅު ތޯ މި ފޮތުން ބަލާލުމުގެ ފުރުސަތު ވަރަށް ރީތި ގޮތަކަށް ވަނީ ގެނެސްދީފައެވެ.

އަދި “ޕްރޮފެޓްސް ޕޮންޑް” ނަމުގައި ރަސޫލާ ﷺ ގެ ފެންއާރާއި ބެހޭގޮތުން ލިޔެފައިވާ ކުޑަކުދިންނަށް އެވާހަކަ ފަސޭހައިން ދެނެގަނެވޭނެ ކަހަލަ ގޮތަކަށް ގެނެސްދީފައިވާ ވާހަކަތައް އެކުލެވޭ ފޮތްތައްވެސް މިޕޭޖުން ލިބެން ހުރެއެވެ.

ރަސޫލުބޭކަލުންގެ ވާހަކަތައް ހިމެނޭ ފޮތްތައްވެސް މި ޕޭޖްގައި ހިމަނާފައިވެއެވެ. އޭގެ ތެރޭގައި އާދަމްގެފާނު، ނޫހްގެފާނު، އިބްރާހީމްގެފާނު، މޫސާގެފާނު އަދި އީސާގެފާނުގެ ވާހަކަވެސް ލިބެން އެބަހުއްޓެވެ. އަދި ރަސޫލާ ﷺ ގެ އަނބިކަނބަލުން އުއްްމުލް މުއްމިނީން ޚަދީޖާ ރަޟިއައްﷲ އަންހާގެ ވާހަކަވެސް މި ޕޭޖްގައި ވިއްކަން އެބަހުއްޓެވެ.

ޕޭޖްގައި ދެން އިތުރަށް ލިބެން ހުރި ބައެއް އެއްޗެއްސަށް ބަލާލާއިރު ކުޑަކުދިން ނަމާދަށް ޝައުޤުވެރިކޮށް އާދަކޮށް އެކަމަަށް އަހުލުވެރިކުރެވޭނެ ގޮތަށް ތައްޔާރުކޮށްފައިވާ “ޕްރޭޔަރ ޕްރެކްޓިސް” ގެ ނަމުގައި ކަލަންޑަރ އެއް ގޮތަށް ހަދާފައިވާ އުފެއްދުން ފާހަގަ ކޮށްލެވެއެވެ. އަދި ގެއަށް ވަންނަމުންނާއި ނުކުންނަމުން ކިޔާ ދުޢާ، ފާޙަނާއަށް ވަންނަމުންނާއި ނުކުންނަމުން ކިޔާ ދުޢާ ފަދަ އާންމު ދިރިއުޅުމުގައި ކިޔާ ދުޢާތައް ހިމެނޭގޮތަށް “ރިމައިންޑް މީ” ގެ ނަމުގައި ފާރުގައި ހަރުކުރާގޮތަށް ހަދާފަައިވާ އެއްޗަކާއި މި ދުއާތައް ފަސޭހައިން ހިތުދަސް ކުރެވޭނެ ގޮތަށް ހަދާފައިވާ “ވަޓް ޓު ސޭ ވެން” އަކީ މިޕޭޖުން ލިބެންހުރި ވަރަށް ފާހަގަކޮށްލެވޭ އެއްޗެކެވެ.

އިތުރަށް ލިބެންހުރި ތަކެއްޗަށް ބަލާލައިރު” ބޮކްސް އޮފް މެނަރސް” އަކީ ތިން ވައްތަރެއްގެ ގޭމް އެއް އޭގެން ކުޅެވޭގޮތަށް ހަދާފައިވާ 2 ނުވަތަ އެއަށް ވުރެ ގިނަކުދިން އެއްކޮށް ކުޅެވޭގޮތަށް ދީނުގައި ކަނޑައެޅިފައިވާ އަދަބު އަހްލާގު ދަސްކޮށްދެވޭނެ ގޭމް އެކެވެ.އަދި “ވަޓްސް ނެކްސްޓް” މި ގޭމް އަކީ ނަމާދު ވަގުތުތަކާއި ވުޟޫ އަދި ނަމާދު ކުރާ ގޮތް ތަރުތީބުން ކިޔާ ސައްހަ ދުޢާތަކާއި އެކު އެކަލަވާލައިފައިވާ ގޭމް އެކެވެ.އަދި ސަހާބީންގެ މައުލޫމާތު އެކުލެވޭގޮތަށް ހަދާފައިވާ “ކޮންޕޭނިއަން ކަލެކްޝަން” މި ގޭމް އަކީ ދީނާ ޙިލާފް ގޭމްތަކުގައި ކުދިން ހޭދަކުރުވުމުގެ ބަދަލުގައި ދީނާ ކުޑަކުދިން ގާތް ކުރުވާ ދީނީ މައުލޫމާތު ޝައުގުވެރި ގޮތަކަށް މުއްސަނދި ކުރުމަށް އޮތް ފުރުސަތެކެވެ

މި ޕޭޖް ގައި ހިމަނާފައިވާ ހުރިހާ ތަކެއްޗަކީވެސް ސައްހަ އަދި ދުޢާތަކަކީ ރިފެރެންސާ އެކު ހިމަނާފައިވާ ތަކެއްްޗެވެ. އަދި މި ވަގުތު ލިބެން ހުރި ތަކެތީގެ އިތުރުން އެހެން ފޮތްތަކާއި ގޭމްތައް އަދިވެސް ކުރިއަށް އޮތް މުސްތަޤްބަލުގައި ލިބިގެންދާނެކަމަށް އެބޭފުޅުން މައުލޫމާތު ދެއްވިއެވެ.

މިފަދަ ޕޭޖެއް ހިންގުމުގެ މަޤްޞަދާއި ގުޅޭގޮތުން ޕޭޖުގެ ވެރިފަރާތުން ވިދާޅުވީ މިފަދަ ޕޭޖެއް ހިންގުމުގެ މަޤްޞަދަކީ މުޖުތަމައުއަށް ދީނީ އަދި އިޖްތިމާއީ ގޮތުން ފައިދާކުރާނެފަދަ ވަސީލަތްތަކެއް ވިހާވެސް ފަސޭހަ ގޮތަކަށް ފޯރުކޮށް ދިނުން ކަމަށެވެ.

“ދާރް އަލް ހިކްމަ” ގެ ފޭސްބުކް ލިންކް އަކީ https://www.facebook.com/daralhikmahbooks/ އަދި އިތުރު މައުލޫމާތު މި ޕޭޖްއާއި ބެހޭގޮތުން ބޭނުންފުޅުވެ ލައްވާނަމަ އެބޭފުޅުންގެ ނަންބަރ 7798810 އަށް މެސެޖު ނުވަތަ ގުޅުއްވާލެއްވުމުން ލިބިގެންދާނެއެވެ.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!