ޔާސިރު އަރަފާތުގެ ނަމާއި ގުޅުވާ މަގުތަކަށް ނަމެއް ނުކިޔޭނެ: ނަތަންޔާހޫ

ފަލަސްތީނުގެ ކުރީގެ ރައީސް ޔާސިރު އަރަފާތަށް ނިސްބަތްކޮށް އިޒްރާއިލްގެ އެއްވެސް މަގަކަށް ނަމެއް ނުކިޔޭނެކަމަށް އެޤައުމުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނެފިއެވެ.

ނަތަންޔާހޫ މިފަދައިން ބުނެފައިވަނީ އާދީއްތަދުވަހު ބޭއްވި ކެބިނެޓު ބައްދަލުވުމުގައި ވާހަކަދައްކަމުންނެވެ. ނަތަންޔާހޫ ބުނެފައިވަނީ އިޒްރޭލުގެ އެއްވެސް މަގަކަށް އިޒްރޭލް މީހުންނާއި ޔަހޫދީންގެ މަރުގެ ޒިންމާ އުފުލަން ޖެހިފައިވާ މީހެއްގެ ނަމުން ނަން ނުކިޔޭނެ ކަމަށާއި ބޭނުންވެއްޖެ ނަމަ ގާނޫނެއް ފާސްކޮށްގެން ނަމަވެސް އެކަން މަނާ ކުރާނެ ކަމަށެވެ.

“ޔާސިރު އަރަފާތާއި ހައްޖު އަމީން އަލް ހުސައިންގެ ނަމުން އިޒްރޭލުގެ މަގުތަކަށް ނަމެއް ނުކިޔޭނެ،” ނަތަންޔާހޫ ބުނެފައިވެއެވެ.

ހައްޖު އަމީން އަލް ހުސައިން އަކީ 1920 އަދި 1930 ގެ އަހަރުތަކުގައި ގުދުސްގެ މުފްތީއެވެ.

ނަތަންޔާހޫ މިފަދައިން ބުނެފައިވާއިރު އިޒްރޭލުގެ އަރަބި ޓައުނެއް ކަމަށްވާ ޖައްތުގައި ދާދި ފަހުން ވަނީ ޔާސިރު އަރަފާތުގެ ހަނދާނުގައި އެ ޓައުނުގެ މަގަކަށް ނަން ކިޔައިފަ އެވެ. އަދި މިކަމާއި ގުޅިގެން މިދިޔަ ހޮނިހިރު ދުވަހު ނަތަންޔާހޫވަނީ އެމަގުގެ ނަންބޯޑު ނައްޓާލުމަށް އަމުރުކޮށްފައެވެ.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!