ޞައްދާމް ޙުސައިން “މަރުވެ”، ޝިމޯން ޕެރޭޒް “އަވަހާރަ” ވުން.

އިސްރާއީލުގެ ހައްދުފަނައަޅާފައިވާ ކުރީގެ ބޮޑުވަޒީރު ޝިމޯން ޕެރޭޒް 28 ސެޕްޓެމްބަރ 2016 ވަނަ ދުވަހު މަރުވުމަކީ ރާއްޖޭގެ މީީޑިއާތަކުގެ ސަމާލުކަން ލިބުނުކަމެއްކަމުގައެވެ. ތަންކޮޅެއްކުރިން މިފަދަ ޔަހޫދީ ވެރިޔަކުު މަރުވުމުން އެފަދަ މީހަކަށް މާތްކޮށް ހިތާފައި ޚަބަރުތައް ނޫހުގައި ޝާއިޢުކުރުމަކީ އާއްމުކަމަކަށް ނުވިޔަސް މިފަހަރު އެކަން ވެއްޖެއެވެ. އެމެރިކާގެ “ނަހަލާލު” ދަރިއެއްކަމަށް އެތައް މިލިޔަން ބަޔަކު ޤަބޫލުކުރާ އިސްރާއީލުގެ ރައީސްކަމާއި ބޮޑުވަޒީރުކަންވެސް ކޮށްފައިވާ އަދި އެތަކެއް މުސްލިމުންނެއް ކަތިލުމުގެ މޭސްތިރިއެއްގެ ގޮތުގައި އުޅުނު ޕެރޭޒް މަރުވުމުން ރާއްޖޭގެ ބައެއް ނޫސްތަކުން އޭނާއަށް އެހެން ލީޑަރުންނަށްވެސް އަރުވާފަދަ ޢިއްޒަތްވަނީ އަރުވާފައެވެ.

ރާއްޖޭގެ ނޫސްތަކުގައި ޕެރޭޒްގެ މަރު

ދާދިފަހުން ރާއްޖޭގައި ރަޖިސްޓްރީކޮށް ހިންގަންފެށި “މިހާރު” ނޫހުގައި 28 ސެޕްޓެމްބަރ 2016 ގެ 8:55 ގައި ޝާއިޢުކޮށްފައިވާ ޚަބަރުގެ ސުރުޚީއަކީ “އިޒްރޭލުގެ ކުރީގެ ރައީސް ޕެރޭޒް އަވަހާރަވެއްޖެ” މިފަދައިންނެވެ. ހަމަ މި ތާރީޚުގައި “އަވަސް” އޮންލައިނުގައި ޝާއިޢުކޮށްފައިވާ ޚަބަރުގެ ސުރުޚީއަކީ “އިސްރާއީލްގެ ކުރީގެ ބޮޑު ވަޒީރު ޝިމޯން ޕެރޭޒް އަވަހާރަވެއްޖެ” މިފަދައިންނެވެ. ނަމަވެސް “ވަގުތު” އޮންލައިންގައި މިޚަބަރުގެ ސުރުޚީއަކަށް ޖަހާފައިވަނީ “އިސްރާއީލްގެ ކުރީގެ ބޮޑުވަޒީރު ޕެރޭޒް މަރުވެއްޖެ” މިފަދައިންނެވެ. “ސަން” އޮންލައިންގައި ވަނީ އަންނަނިވި ފަދައިންނެވެ. “އިސްރާއީލުގެ ކުރީގެ ރައީސް ޝިމޯން ޕެރޭޒް މަރުވެއްޖެ” މިހެނެވެ.

ދިވެހިންގެ ނުރުހުން ބައެއް ނޫސްތަކަށް

ޝިމޯން ޕެރޭޒް އަވަހާރަވެއްޖެކަމަށް ބައެއް ނޫސްތަކުގައި އިސްވެދެންނެވި ފަދައިން ޝާއިޢުކުރުމުން ވަަރަށް ގިނަ ދިވެހީން ލޭކެކެން ފެށިއެވެެ. އަދި މިކަމާ ދެކޮޅަށް ވަރަށް ގިނަ ދިވެހީން ސޯޝަލްމީޑިއާގައި ޝުޢޫރުތައް ފާޅުކުރިއެވެ. އެހެނީ އެފަދަ ނޫސްތަކުގައި ލިޔުންތެރިން މަސައްކަތްކުރައްވާފައިވަނީ ޕެރޭޒްގެ ސުލްޙަޔަށް މަސައްކަތްކޮށްފައިވާ ކަމާއި އޭނާއަކީ “ސުލްޙައިގެ” ވެރިއެއްގެ ގޮތަށް ދެއްކުމަށެވެ. ނަމަވެސް ހަޤީގަތަކީ ޔަހޫދީ ކޮންމެ ވެރިޔަކުވެސް މިފަދަ ދަޅަދައްކައިގެން މުސްލިމުން ނައްތާލަން މަސައްކަތްކުރާކަމެވެ.

“ޔަހޫދީ ވެރިއަކު އަަވަހާރަވެގެން ބަންޑުންވި ޖަޒުބާތު!”

މިމައްސަލައިގާ ލޭކެކުނު ދިވެހީންނަށް ރައްދުދީ “އަވަސް” އޮންލައިންގައި ނޫސްވެރިޔަކު ވަނީ ރިޕޯރޓެއް ޝާއިޢުކުރައްވާފައެވެ. މި ރިޕޯރޓުގެ ސުރުޚީއަކީ “ޔަހޫދީ ވެރިއަކު އަަވަހާރަވެގެން ބަންޑުންވި ޖަޒުބާތު!” މިއެެވެ. ރިޕޯރޓުގައި ބަޔާންކުރައްވާފައިވަނީ ޔަހޫދީއަކަށްވިޔަސް ޤާތިލަކަސް ޤައުމުގެ ވެރިޔަކަށްވިއްޔާ އޭނާއަށް ޤަދަރާއި އިހުތިރާމް އަރުވަންޖެހޭނެކަމަށެވެ. އަދި މިފަދަ މީހުންނަށް އިހުތިރާމް އަދާކުރުމަކީ ޤުރުއާނާއި ސުންނަތުންވެސް ޙަރާމްކަމެއްނޫންކަމަށް ނޫސްވެރިޔާ އަމިއްލައަށްވަނީ ކަނޑައަޅުއްވާފައެވެ. ހަމަ މި ލިޔުމުގައި ދިވެހިބަހުގެ މަޝްހޫރު ބޭފުޅުންތަކަކަށް ޙަވާލާދެއްވާ ބަޔާންކުރައްވާފައިވަނީ ކޮންމެފަދަ މީހަކުނަމަވެސް ޢިއްޒަތަކީ އޭނާގެ މަޤާމަށް އޮންނަ އެއްޗެއްކަމަށާއި އެހެންކަމުން ޔަހޫދީއަކުނަމަވެސް ޤައުމެއްެގެ ވެރިޔަކުނަމަ މާތް ދަރަޖައިން އެމީހަކަށް ދަރަޖަ ދޭންޖެހޭނެކަމަށެވެ. ނޫސްވެރިޔާ އިސްވެދެންނެވި ފަދައިން ބަޔާންކުރައްވާފައިވާތީ ތިރީގައިމިވާ ކަންކަމާމެދު ދަންނަވާނީ ކީކޭތޯއެވެ؟

ހިޓްލަރަކީވެސް ޖަރުމަނުގެ ވެރިކަންކުރި މީހެއް

މަޝްހޫރު އެޑޮލްފް ހިޓްލަރ އަކީ 30 ޖަނަވަރީ 1933 އިން 30 އެޕްރީލް 1945 އަށް (12 އަަހަރު) ޖަރުމަނުވިލާތުގެ ވެރިޔާ (ޗާންސެލަރު) ކަމުގެ މަޤާމުގައި ހުރި މީހެކެވެ. 2 ވަނަ ބޮޑު ހަގުރާމަ ފެށެން ދިމާވި މައިގަނޑު ސަބަބުކަމަށް ގިނަ ބަޔަކުބުނާ ހިޓްލަރަކީވެސް ބޮޑު މާސިންގާ އަދި ބާރުގަދަ ގައުމެއްގެ ވެރިއެކެވެ. ވީމާ އޭނާވެސް ވީ “އަވަހާރަ” ތާއެވެ! ނުވަތަ އަމިއްލައަށް އަވަހާރަވެވަޑައިގެންނެވީއެވެ. ޝިމޯން ޕެރޭޒްއަށް ދިން ދަރަޖަ ހިޓްލަރަށްވެސް ދޭންޖެހޭނެއެވެ. އެހެންނޫނީ އިންސާފަކަށް އެކަން ނުވާނެއެވެ. ނަމަވެސް އެއްވެސް ނޫސްވެރިޔަކު ނުވަތަ ބަހުގެ މާހިރަކުވެސް ހިޓްލަރުވީ އަވަހާރައޭ ވިދާޅެއްނުވެއެވެ. އެއްކަލަ ދަރަޖައިގެ އިންސާފުކޮބައިތޯއެވެ؟

ސްލޮބޮޑާން މިލޯސޮވިޗްއަކީވެސް ޤައުމެއްގެ ވެރިއެއް

ބޮސްނިޔާއާއި ކުރީގެ ސާބިއާ އެންޑް މޮންޓަނީގްރޯ ދައުލަތުގެ ދަށުގައި އޮތް މުސްލިމް ޤައުމުތަކުގެ މުސްލިމުން ބޮޑު ގަތުލުއާއްމެއްގައި ކަތިލުމުގެ އިސްމޭސްތިރިއެއްގެ ގޮތުގައި ހުރި ސާބިއާ އެންޑް މޮންޓަނީގްރޯގެ ކުރީގެ ރައީސް ސޮލޮބޮޑާން މިލޯސޮވިޗްއަކީވެސް ޤައުމެއްގެ ވެރިއެއްނޫންތޯއެވެ؟ އޭނާ 2006 ވަނަ އަހަރު ނެދަލޭންޑްގެ ދަހޭގް ގައި މަރުވުމުން އެކަންވެސް މީޑިއާތަކުގައި ޝާއިޢުކޮށްފައިވަނީ “މަރުވެއްޖެ” ކަމަށެވެ. “އަވަހާރަ” އެއް ނުވިއެވެ. ބަހުގެ އަދީބުންނަށްވެސް މިލޯސޮވިޗް ވީ “އަވަހާރަ” ކަމަށް ވިދާޅެއްނުވެވުނެވެ. ކީއްވެތޯއެވެ؟ ކިތަންމެ ގިނަ ބަޔަކު މަރާލިޔަސް އެެވެސް ޤައުމެއްގެ ވެރިއެއްނޫންތޯއެވެ.

ޞައްދާމާއި ޤައްޒާފީގެ ވާހަކަ

ޢިރާޤުގެ ކުރީގެ ރައީީސް ޞައްދާމް ޙުސައިން ޢަބްދުލްމަޖީދު އަލް ތިކްރީތީ (ޞައްދާމް) އާއި ލީބިއާގެ ކުރީގެ ލީޑަރު ކާނަލް މުޢައްމަރުލް ޤައްޒާފީ އަކީވެސް މުސްލިމް ދެ ޤައުމެއްގެ ވެރިންނެވެ. ހުޅަނގާއި އެމެރިކާއަށް ފަހުގެ ތާރީޚުގައި އެންމެ ފާޅުގައި ގޮންޖެއްސެވި ދެ ވެރިންނަކީ އެއީއެވެ. 2006 ވަނަ އަހަރުއައި މުސްލިމުންގެ ބަރަކާތްތެރި އަޟްޙާ ޢީދުދުވަހު މުސްލިމުން އުޟްޙިޔާ ކަތިލިވަގުތު ހުޅަނގުގެ މަދަދާއެކު އެނާވަނީ ދަންޖައްސާ މަރާލެވިފައެވެ. ޞައްދާމަކީ ސުންނީ މުސްލިމް ލީޑަރެކެވެ. އަދި އެންމެ އަވަހަށް ނައްތާލަން ހުޅަނގުން ބޭނުންވި އިންސާނާވެސްމެއެވެ. ޞައްދާމްގެ މަރާއެކު ރާއްޖޭގެ ނޫސްވެރިންނަށް ޞައްދާމް “އަވާހާރަ” ކޮށްލައިފި ނުވަތަ “އަވާހާރަވެއްޖެ” މިފަދައިން ބަޔާނެެއްނުކުރެއެވެ. އަދި 2011 ވަނަ އަހަރު ލީބިޔާއަށް ހުޅަނގުގެ ސިފައިން އަރާ ޤައްޒާފީ މަރާލުމުންވެސް އޭނާ “އަވަހާރަ” އެއް ނުވިއެވެ. ނަމަވެސް ވީ “މަރެެވެ”. ބަހުގެ ދަރަޖަ ކޮބައިތޯއެވެ؟ ޤައުމެއްގެ ވެރިޔަކަށް ވުމުން އަރުވަންޖެހޭ އިހުތިރާމާއި ކަރާމަތާއި ޝަރަފުކޮބައިތޯއެވެ؟

ދެން އެހެންވިއްޔާ ފިރުޢައުނު؟

ފިރުޢައުނަކީވެސް ޤައުމެއްގެ ވެރިޔެއެކެވެ. ޤަދީމީ މިޞްރުގައި މޫސާ ޢަލައިހިއްސަލާމްގެ ޒަމާނުގައި އުޅުނު ފިރުޢައުނަކީ މަޝްހޫރު މީހެކެވެ. މިޞްރާއި އަދި އެތަކެއް ޤައުމެއް ބާރުގެ ދަށަށްގެނެސް އެތަކެއް ދުވަހެއްވަންދެން ވެރިކަން ކުރިއެވެ. އަދި ކަލެއްކަމަށްވެސް ދަޢުވާކުރިއެވެ. އަދި އެއީ ކަލެއްކަމަށްވެސް އެތައްބަޔަކު އީމާންވެސްވިއެވެ. ވީމާ އެވެސް ވެރިއެކެވެ. މި އުޞޫލުން ބަލާނަމަ އޭނާވެސް އެވަނީ “އަވަހާރަ” ވެފައެވެ. ނަމަވެސް އެއްވެސް ދިވެހި އަދީބަކު ނުވަތަ ބަހުގެ މާހިރަކުވެސް ފިރުޢައުނު “އަވަހާރަ” ވީ އެކޭ ވިދާޅެއްނުވެއެވެ.

ބަހަކީ ދީނާއި ޘަޤާފަތާއި އާދަކާދައާއި ގުޅިލާމެހިފައިވާ އެއްޗެއް

އެއްވެސް ޝައްކެއްނެތްގޮތުގައި ބަހަކީ އެބައެއްގެ ދީނާއި ޘަޤާފަތާއި އާދަކާދަތަކާއި ގުޅިފައިވާ އެއްޗެކެވެ. މީގެ އެންމެ ބޮޑު އެއް ދަލީލަކީ ދިވެހި ބަހަށްކޮށްފައިވާ ޢަރަބި ބަހުގެ ނުފޫޒެވެ. ދިވެހި ބަހުގައި އެތަކެއް ޢަރަބި ލަފުޒުތަކެއް އެކުލެވިގެންވެއެވެ. އާއްމު މުއާމަލާތުތަކާއި ދިރިއުޅުމުގެ ވައްޓަފާޅިވެސް ހަޤީގަތުގައިވަނީ ދީނުގެ އުޞޫލުތަކާ ގުޅިލާމެހިފައެވެ. ދުނިޔޭގެ އެހެން ޤައުމުތަކުގައިވެސް އެޤައުމެއްގެ މެޖޯރިޓީ ދީނުގެ އުޞޫލުތައް ބަހުގެ ތެރެއަށް ވަދެފައިވެއެވެ. ދިރާސާކުރެއްވުުން މިކަން އެނގިވަޑައިގަންނަވާނެއެވެ. މިހެންކަމުން ބަހުގެ ދަރަޖަތައްވެސް ބިނާވެގެންވާނީ އެބަޔަކު ޤަބޫލުކުރާ ހަމަތަކާއި އުޞޫލުތަކުގެ މައްޗަށެވެ. ދިވެހީންނަކީ މާކުރީއްސުރެ ސައްތައިން ސައްތަ މުސްލިމް ޤައުމެއްކަމުން ދީނުގައި ބަޔާންކުރައްވާފައިވާ އުޞޫލުތަކާއި ޚިލާފަށް ދަރަޖަ ނުކުރެވޭނެއެވެ. އަދި އެއީ މިހާތަނަށް އައިއިރު ކަންއޮތް ގޮތްވެސްމެއެވެ. މިގޮތުން އިހުގެ މަޝްހޫރު އަދީބަކު އެމަނިކުފާނުގެ ފޮތެއްގައި ފިރުޢައުނު ސިފަކޮށްފައިވަނީ “އެސޮރު” މިގޮތަށެވެ. އަނެއް ބޭކަލަކު “އެކަލޭގެ” މިފަދައިން ފިރުޢައުނަށް ދަރަޖަދީފައިވެއެވެ.

ދީނުގެ ހަމަތަކަކީ؟

ދިވެހީންނަކީ މުސްލިމުންނެވެ. ޔަހޫދީންނަށް މާތްކޮށް ހިތާ ދިވެހި ނޫސްވެރިންނަކީވެސް ހަމަ މުސްލިމުންނެވެ.އެހެންކަމުން ދީނުގެ ހަމަތަކަށް ބޯލެނބުމަކީ އޮތް އިޚްތިޔާރެއްވެސް ނޫނެވެ. ރުހުނަސް ނުރުހުނަސް މަޖުބޫރުކަމެކެވެ. މާތްﷲ ކީރިތި ޤުރުއާނުގައި ބަޔާންކުރައްވާފައިވަނީ ޔަހޫދީންނަކީ އެކުވެރިންކަމުގައި ނުބެލުމަށެވެ. މީގެ އިތުރުންވެސް މުސްލިމުންނާ ހަނގުރާމަކުރާ އަދި މުސްލިމުން އެމީހުންގެ ވަޒަނުން ބޭރުކުރާ މީހުންނާ ޢަދާވާތްތެރިވުމަށާއި އެނޫން މީހުންނާ ވަކިހަމަތަކެއްގެމަތިން ގުޅުންބޭއްވުން ހުއްދަކުރައްވާފައިވެއެވެ. ޔަހޫދީންނަކީ މީގެ އެތަކެއް ހާސް އަހަރުކުރިން ފެށިގެންވެސް މުސްލިމުންނާ ހަނގުރާމަކުރާބައެކެވެ. އެމީހުންވަނީ ނަބީބޭކަލުންނާއި ރަސޫލުބޭލުންނާވެސް ހަނގުރާމަކޮށްފައެވެ. މިއަދުވެސް އެކުރަނީ އެކަންތަކެވެ. ޚުދު އދ އިންވެސް ޤަބޫލުކުރާގޮތުގައި އިސްރާޢީލުން ހިންގަނީ ޢުދުވާނެވެ. ނަމަވެސް ބަޔާނެއް ނެރުންފިޔަވައި އިތުރުކަމެއްނުވެއެވެ. މިހެންކަމުން މިފަދަ ޤައުމެއްގެ މިފަދަ އަނިޔާވެރި ވެރިޔަކު މަރުވުމުން “ބަހުގެ ދަރަޖައޭ’ ބުނެ އެމީހާއަށް އިއްޒަތްއެރުވުމަކީ ކުރުން އެކަށީގެންވާކަމެއްނޫނެވެ.

ނިންމާލުން

އިސްވެދެންނެވި ކަންކަމަށް ބަލާލާއިރު ފާޅުވާންހުރި އެންމެ ބޮޑު ހަޤީގަތަކީ ޤައުމުތަކުގައި ވެރިކަން ކޮށްފައިވާ މީހުންނާ އެއްހަމައަކުން އެއް އުޞޫލަކުން މާތް ދަރަޖައިން މުޚާޠަބުކޮށްފައިނުވާކަމެވެ. އިހުގެ ދިވެހި އަދީބުންވެސް ކަންކުރެއްވީ މިފަދައިންނެވެ. އިންސާފުން އެއްގޮތަކަށް ކަންކުރުމަކީ މީހާއަށް ނުބަލައި އޭނާގެ މަޤާމަށް ނިޞްބަތްކޮށް ކާފަރަކު މުސްލިމެއްނެތި މާތް ދަރަޖައިން މުޚާޠަބުކުރުމެވެ. ނަމަވެސް ޞައްދާމް ޙުސައިން “މަރުވެ”، ހިޓްލަރު “މަރުވެ”، ޔަހޫދީ ޝިމޯން ޕެރޭޒް “އަވަހާރަ” ވުމުން އެކަން ވަނީ ޖޯކަކަށެވެ.

1 ޚިޔާލު
ކިޔުންތެރިންގެ ޚިޔާލު

  1. varah rangalhu vahaka thakeh

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!